twitterviber whatsapp telegramfacebookyoutube instagram
28th March 2024

ކޭއާރުއެޗާއި ޔުނީކް ފްރެންޑްސް ބައްދަލުކުރި މެޗުން ކަނބުލޮ ފުޓްސަލް ޗެލެންޖު ފަށައިފި

މުޙައްމަދު އަހުމަދު
Mar 11, 2022

ކޭއާރުއެޗާއި ޔުނީކް ފްރެންޑްސް ބައްދަލުކުރި މެޗުން ރޭ ހިރަފުސް ކަނބުލޮ ފުޓްސަލް ޗެލެންޖު ފަށައިފި އެވެ. ރޭގެ މެޗު 2 - 0 ން ކާމިޔާބުކުރީ ޔުނީކް ފްރެންޑްސްއިންނެވެ.

ރޭ 20:30 ގައި ކުޅުދުއްފުށީ ޓާފް ދަނޑުގައި މިމުބާރާތް ފެށިއިރު ފުރަތަމަ މެޗުގައި ޔުނީކް ފްރެންޑްސްއިން ކޭއާރުއެޗުގެ މައްޗަށް ކުރިހޯދީ 2 - 0 ގެ ތަފާތަކުންނެވެ. މެޗުގައި ޔުނީކް ފްރެންޑްސްގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގައިދިނީ އެޓީމުގެ ހުނަރުވެރި ކުޅުންތެރިޔާ ނާޒިމާ މުހައްމަދެވެ.

މެޗުގައި ކޭއާރުއެޗުން ވެސް ލަނޑެއް ޖެހޭތޯ ވަރަށް މަސައްކަތްކުރި އެވެ. އެހެންނަމަވެސް ކާމިޔާބުވާ ގޮތް ވަނީ ނުވެފަ އެވެ. މިމެޗުގައި ޔުނީކް ފްރެންޑްސްގެ 2 ވަނަ ލަނޑަކީ ކޭއާރުއެޗުގެ ފާތިމަތު ޝާއިގާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މިމެޗުގައި ދެޓީމުގެ ފަރާތުން ވެސް ވަނީ ވާދަވެރި ކުޅުމެއް ފެނިގެންގޮސްފަ އެވެ.

މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މުޅި މެޗުގައި ވެސް މޮޅު ކުޅުމެއް ދެއްކި ޔުނީކް ފްރެންޑްސްގެ ޖޯޒީ ނަމްބަރު 4 ނާޒިމާ މުހައްމަދެވެ.

ހިރަފުހުން ހާމަކުރާގޮތުގައި އަންހެނުންނަށް އަމާޒުކޮށްގެން ކުރިއަށްދާ މިމުބާރާތުގެ މަގުސަދަކީ ކުޅުދުއްފުށީގެ އަންހެން ފުޓްސަލް ކުރިއަރުވާ، ފުޓްސަލް ކުޅެން ބޭނުންވާ އަންހެން ކުޅުންތެރިންނަށް އެފުރުސަތު ހޯދައިދިނުމުގެ އިތުރުން ކުޅިވަރުގެ ރޫހާ އެއްގޮތަށް ފުޓްސަލް ކުރިއަށް ގެންދިއުމެވެ.

ފުޓްސަލް ކުޅޭ އަންހެން ކުޅުންތެރިންގެ މެދުގައި އެއްބައިވަންތަކަން އުފެއްދުމާއި އެއްބަޔަކު އަނެއް ބަޔަކާ ބައްދަލުވެ އެކުވެރިކަން އާލާކުރުމުގެ އިތުރަށް ކުޅުދުއްފުށީގެ ޒުވާނުންނަކީ ހަރަކާތްތެރި ދުޅަހެޔޮ ބަޔަކަށް ހެދުމަށް ހިތްވަރު ދިނުމަކީ މިމުބާރާތުގެ މަގްސަދެކެވެ.

މިމުބާރާތުގެ މެޗެއް މިރޭ ވެސް ކުޅުމަށް ހަމަޖެހިފައިވެ އެވެ. މިމެޗުގައި ބައްދަލުކުރާނީ ބީއެސްއޭއާއި ޓީމް ފައިވް އެވެ. މިމެޗު ފަށާނީ މިރޭ 20:30 ގައި ކުޅުދުއްފުށީ ޓާފް ދަނޑުގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355