twitterviber whatsapp telegramfacebookyoutube instagram
20th May 2026

ސްކައި ބީޗް ފުޓްބޯޅަ މުބާރާތް މިއަހަރުވެސް އީދުގައި

އީދާ ގުޅުވައި ބާއްވާ މި މުބާރާތުގައި މިއަހަރު 16 ޓީމަކުން ބައިވެރިވެފައިވޭ

މުޙައްމަދު އަހުމަދު
May 20, 2026

ކޮންމެ އަހަރެއްގެ ވެސް އަލްހާ އީދާ ގުޅިގެން ކުޅުދުއްފުށީގައި ސޮސައިޓީ ފޯ ކުޅުދުއްފުށީ ޔޫތް (ސްކައި) ކުރިއަށް ގެންދަމުން އަންނަ ސްކައި ބީޗް ޗެލެންޖް 1447 ފެށުމަށް ތައްޔާރުވެއްޖެ އެވެ.

މި ޗެލެންޖަކީ ސޮސައިޓީ ފޯ ކުޅުދުއްފުށީ ޔޫތް (ސްކައި)އާއި ހިރަފުސް ސްޕޯޓްސް ކުލަބް ގުޅިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ މުބާރާތެކެެވެ. ބީޗް ފުޓްބޯޅައިގެ މިއަހަރުގެ މުބާރާތުގެ މޮޓޯއަކީ "ރެސްޕެކްޓް ދަ ސޭންޑް، ރެސްޕެކްޓް ދަ ގޭމް" އެވެ.

މިފަހަރުގެ ބީޗް ޗެލެންޖުގައި ޖުމްލަ 16 ޓީމަކުން ވާދަކުރެ އެވެ. މުބާރާތް ކުރިއަށްދާނީ 4 ގްރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން މިފަހަރުގެ މުބާރާތުގެ ގްރޫޕްތަކަށް ބަލާލާއިރު ގްރޫޕް 1 ގައި ހިމެނެނީ ޔުނައިޓެޑް ފްރެންޑްސްއާ އެފްސީ ވާނުވާގެ އިތުރުން ސޮލެނޮއިޑް އަދި ޓީމް ބަރާބަރެވެ.

ގްރޫޕް 2 ގައި ހިމެނެނީ މަގުލަހާއި ވެލި ގައްޑާސް އަދޮ ޕެންތާސްއާއި ޒިގްޒެގް ފޯ ޔޫތް ލިންކޭޖެވެ. ގްރޫޕް 3 ގައި ކެނަލް ސްޕޯޓްސްއާއި ޑްރެގަންސް އެސްސީ އަދި ސްޓޯން ޖޫނިއާގެ އިތުރުން ފިހާރަގަނޑު 2.0 ވާދަކުރާނެ އެވެ. މުބާރާތުގެ ފަހު ގްރޫޕް 4 ގައި ވާދަކުރާނީ ވާޓިގޯއާއި ސްޓޯންގެ އިތުރުން ކުލަބް ދައްސޫރަ އަދި މަގުލަސް ޖޫނިއާސް އެވެ.

މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 22 މޭ ވާ ހުކުރު ދުވަހު އެވެ. ހެނދުނުން ފެށިގެން ހަވީރު ވަންދެން މެޗުތައް ކުރިއަށްދާއިރު ހުކުރު ދުވަހު 16 މެޗު ކުޅުމަށް ތާވަލުކުރެވިފައިވާއިރު ޖެހިގެން އަންނަ ދުވަހު ވެސް 16 މެޗު ކުޅެވޭނެ އެވެ. އަދި މުބާރާތުގެ ކުއާޓާ ފައިނަލާ ސެމީ ފައިނަލް 24 ވަނަ ދުވަހު ކުރިއަށްގެންދިއުމަށް ރޭވިފައިވާއިރު މިމުބާރާތުގެ ފައިނަލް އޮންނާނީ 25 މޭ ވާ ހޯމަ ދުވަހުގެ ހަވީރު އެވެ.

މިމުބާރާތް ކުރިއަށްދާނީ ހިއްކި ސަރަހައްދުގައި ހަދާފައިވާ ބީޗް ގޭމްސް އެރީނާގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355