twitterviber whatsapp telegramfacebookyoutube instagram
22nd November 2026

ރަސްމާލެ މަޝްރޫއު: ނަޝީދުގެ ރާގު ބަދަލުވެ، ވޯޓަކަށް ދާން ގޮވާލައިފި

Nov 21, 2026

ރަސްމާލޭގައި ހިންގާ ރެސިޑެންސީ މަޝްރޫއާ ގުޅޭ ގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރިން ގެންގުޅުއްވި ވިސްނުން ބަދަލު ކުރައްވައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިޔުމަށް ގޮވާލައިފި އެވެ.

މި މަހު 1 ގައި އެމްޑީޕީގެ ގައުމީ މަޖިލީހުން ވަނީ އީގަލްސް ހިލްސް އިން ހިންގާ އެ މަޝްރޫއު ފެށުމުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިޔުމަށް ފާސް ކޮށްފަ އެވެ. ނަމަވެސް އޭރު އެކަމަށް ފާޅުގައި ދެކޮޅު ހެއްދެވީ އެ ޕާޓީގެ ޗެއާޕާސަން ނަޝީދެވެ.

"އަޅުގަނޑު [ރަސްމާލެ މަޝްރޫއަށް] ފުރިހަމަ އަށް ފުރިހަމަ އަށް ތާއީދު ކުރަން،" ނަޝީދު ވިދާޅުވި އެވެ.

ނަމަވެސް ނަޝީދު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ރަސްމާލެ މަޝްރޫއާ ގުޅިގެން ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމެއް އޮތީ އެ އެ މަޝްރޫއުގައި ވާނުވާ އޮޅުން ނުފިލާތީ ކަމަށާއި އެކަންކަން ސާފު ކޮށްދީ ރައްޔިތުންގެ ހިޔާލު ހޯދަން ޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

"ހަމައެކަނި ވެރިން ކޮޓަރި ކޮޓަރީގައި ތިއްބަވައިގެން ނިންމަވާ ކަންކަން ކުރިޔަށް ގޮސްފި ނަމަ އެކަންކަން ދަނީ ނާކާމިޔާބުވެފައި. މިދިޔަ ދެތިން ދައުރެއްގައި މިބާވަތުގެ ކިތަންމެ ކަމެއް ފާހަގަ ކުރެވިއްޖެ،" ނަޝީދު ވިދާޅުވި އެވެ.

ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސް އެ މަޝްރޫއު ކުރިޔަށް ގެންގޮސްފި ނަމަ ރާއްޖެ އަށް ބޮޑު ގެއްލުމެއް ލިބިދާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ. އެހެންވެ އެކަމާ ދެކޮޅަށް އެމްޑީޕީން މުޒާހަރާ އަށް ނުކުތުމަށް ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293