twitterviber whatsapp telegramfacebookyoutube instagram
22nd November 2026

މީޑިއާ ގްރާންޓުގެ ދަށުން މީޑިއާތަކަށް މާލީ އެހީ ދިނުމުގެ އުސޫލު އާންމުކޮށްފި

ނަބީލާ އިސްމާޢީލް
Nov 21, 2026

މީޑިއާ ގްރާންޓުގެ ދަށުން ދައުލަތުގެ ބަޖެޓުން އަމިއްލަ މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމުގެ އުސޫލު، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ)އިން އެކުލަވާލައި އާންމުކޮށްފިއެވެ.

އާ އުސޫލުގައި ވެސް މީގެ ކުރިން އެކުލަވާލި އުސޫލާއި އެއްގޮތަށް އަސާސީ ކަމަކަށް، އެ މީޑިއާ އަކީ ރަޖިސްޓްރީކޮށްގެން ހިންގާ މީޑިއާއަކަށްވުމާއި ބްރޯޑްކާސްޓް މީޑިއާއެއް ނަމަ ލައިސަންސް އޮވެގެން ހިންގާ މީޑިއާއަކަށްވުން ހިމެނިފައިވެއެވެ.

އާ އުސޫލުގެ ދަށުން ފައިސާ ދޫކުރާނީ ހިންގާތާ އަހަރު ދުވަސްވެފައިވާ

މި އުސޫލުގައިވާ ގޮތުން މީޑިއާ ގްރާންޓަށް އެދޭ މީޑިއާތަކުން މުވައްޒަފުންނަށް މުސާރަ ޖަމާކުރާކަން އެނގޭނެ ބޭންކުގެ ސިޓީއެއް އަންނަ އަހަރުން ފެށިގެން ހުށަހަޅަން ޖެހޭނެ އެވެ. އަދި ކުރިން މީޑިއާ ގްރާންޓުން ފައިސާ ލިބިފައިވާ މީޑިއާއެއް ނަމަ އެ ފައިސާ ޚަރަދުކުރި ގޮތުގެ ތަފްސީލް މަލީ ބަޔާނެއްގެ ޒަރީއްޔާއިން ހުށަހަޅަން ޖެހެ އެވެ.

އަލަށް އެކުލަވާލި އުސޫލުގައި މީޑިއާތަކަށް މާލީ އެހީ ދިނުމުގައި މާކްސް ދޭނެ މިންގަނޑެއް ވެސް ވަނީ ކަނޑައަޅައިފައެވެ. މި އުސޫލުގެ ދަށުން އެއް ފަރާތަކުން އެއް މީޑިއާއަށް ވުރެ ގިނަ މީޑީއާ ހިންގި ނަމަވެސް މާލީ އެހީ ލިބޭނީ އެ ފަރާތަކުން ޚިޔާރުކުރާ އެއް މީޑިއާއަކަށެވެ. އޭގެ ތެރޭގައި މައި ކުންފުނީގެ ހިއްސާ އޮންނަ ނުވަތަ ސަބްސިޑިއަރީ ކުންފުނިތައް ވެސް ހިމެނެ އެވެ.

ކޮންމެ މިޑިއާއަކުން އެއް އެޕްލިކޭޝަން ހުށަހެޅޭ ގޮތަށް އޮތްއިރު، އެ ފަރާތްތަކަށް އިޚްތިޔާރު އުސޫލުގެ ދަށުން އިޚްތިޔާރު ކުރެވޭނީ ގިނަވެގެން ދެ މިޑިއަމް ނުވަތަ އެ މީޑިއާއެއް ބޭނުންކުރާ ދެ މަންސަކަން ބަޔާންކޮށްފައެވެ.

މާލީ އެހީ ދިނުމުގައި މާކްސް ދިނުމަށް ކަނޑައަޅާފައިވާ މިންގަނޑުތަކުގެ ތެރޭގައި ހިމެނެނީ:

- މީޑިއާ ހިންގި މުއްދަތު

- މުވައްޒަފުންގެ އަދަދު

- މުވައްޒަފުންގެ ތައުލީމާއި، ތަޖުރިބާ އަދި އިދާރީ އިންތިޒާމުތައް

- ބިޒްނަސް ޕްލޭން

- އުފައްދާ ކޮންޓެންޓާއި އޭގެ ބާވަތް

މި އުސޫލުގެ ދަށުން އެހީ ލިބޭނީ 50 އިން މަތިން މާކްސް ލިބޭ މީޑިއާތަކަށެވެ. ނަމަވެސް، ވޭތުވެދިޔަ 2 އަހަރު ދުވަހުގެ ތެރޭގައި އެ މީޑިއާއަކާ މެދު ކޮމިޝަނުން އެއްވެސް ފިޔަވަޅެއް އަޅައި އާންމުކޮށްފައިވާ ނަމަ، ކޮންމެ ފިޔަވަޅަކަށް 3 މާކްސް އުނިކުރެވޭނެއެވެ. އެހީއަށް އެދި ހުށަހަޅަންޖެހެނީ ހާއްސަ ޕޯޓަލެއް މެދުވެރިކޮށެވެ. މާކްސް ދިން ގޮތް އެ ޕޯޓަލުން ފެންނަން ހުންނާނެ ކަމަށާއި، މާކްސް މުރާޖާކުރުމުގެ ފުރުސަތު ވެސް ލިބިގެންދާނެ ކަމަށް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

މީޑިއާތަކަށް ދޫކުރާނެ ފައިސާގެ މިންވަރު ކަނޑައަޅާނީ ހާއްސަ ފޯމިއުލާއަކުންނެވެ. ކޮމިޝަނުން އެހީ ލިބޭ މީޑިއާތަކުގެ ލިސްޓު ކަނޑައެޅުމުން، ދާހިލީ ވުޒާރާ މެދުވެރިކޮށް މާލީ ވުޒާރާއަށް ފޮނުވައިގެން، ފައިސާ ޖަމާކުރާނީ އެ މީޑިއާއެއްގެ ބޭންކު އެކައުންޓަށެވެ.

މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދަކަށްވާއިރު، މިކަމަށް ދައުލަތުގެ ބަޖެޓުގެ 0.1 އިންސައްތަ ވަނީ ކަނޑައަޅާފައެވެ. މީގެ މައިގަނޑު މަޤްޞަދަކީ އަމިއްލަ މީޑިއާތަކަކީ ނުފޫޒުން އެއްކިބާވެފައިވާ މިނިވަން އަދި މާލީ ގޮތުން ފުދުންތެރި ބަޔަކަށް ހެދުމާއި، ޒިންމާދާރު ނޫސްވެރިކަމެއްގެ ތެރެއިން ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293