އަންނަ އަހަރަށް ލަފާ ކޮށް ސަރުކާރުން ހުށަހަޅާފައިވާ ކުރާ 59.7 ބިލިއަން ރުފިޔާގެ ބަޖެޓު ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
މަޖިލީހުގެ ބަޖެޓު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފް ހުށަހެޅުއްވީ ބަޖެޓު ސަރުކާރުން ހުށަހެޅި ގޮތަށް އެއްވެސް ބަދަލެއް ނުގެނެސް ފާސް ކުރުމަށެވެ.
އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ މައްޗަންގޮޅި މެދުދާއިރާގެ މެންބަރު އަހުމަދު ޒަމީރެވެ. އަދި ކޮމިޓީގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން އެގޮތަށް ފާސް ކުރި އެވެ.
އަންނަ އަހަރަށް 59.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅާފައިވާ އިރު ޖުމްލަ ރިކަރަންޓު ހަރަދަކީ 42.7 ބިލިއަން ރުފިޔާ އެވެ. އެއީ ބަޖެޓުގެ ގާތްގަނޑަކަށް 71 ޕަސެންޓެވެ.
އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ސަރުކާރުން އަންދާޒާ ކުރަނޫ 1.4 ބިލިއަން ރުފިޔާ އެވެ. އެއީ މި އަހަރަށް ވުރެ 1.4 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ.