ތަފާތު ދާއިރާތަކުން ގައުމުގެ ތަރައްގީއަށް ޒުވާނުންކުރާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް ހިތްވަރު ދިނުމުގެ ގޮތުން ދޭ ޒުވާނުންގެ އިނާމަށް ނަން ހުށަހަޅަން ޒުވާނުން ބާރުވެރިކުރުވުމާއި ޔޫތް މިނިސްޓްރީން ހުޅުވާލައިފިއެވެ.
އެ މިނިސްޓްރީން ބުނީ 2025 ން 2026 އަށް ޒުވާނުންގެ އިނާމުގެ ގޮތުގައި ތަފާތު 22 ދާއިރާއަކުން އިނާމު ދިނުމަށް ކަނޑައެޅިފައިވާ ކަމަށެވެ.
މި އިނާމަކީ ގައުމުގެ ތަރައްޤީގައި ޒުވާނުން އަދާކުރާ މުހިންމު ދައުރު ފާހަގަކޮށް ޒުވާނުންނަކީ މުޖުތަމަޢުއަށް ފައިދާހުރި، އުފެއްދުންތެރި، ޒިންމާދާރު ބަޔަކަށް ހެދުމަށް ބާރުއަޅައި، ވާގި ދިނުމުގެ ގޮތުން ދެވޭ އިނާމެކެވެ.
ޒުވާނުންގެ އިނާމު ލިބޭ ފަރާތްތަކަށް ހާއްސަ އެވޯޑާއި އަދި ސެޓްފިކެޓް ދޭނެއެވެ.
މި އިނާމަށް ނަން ހުށަހެޅުމަށް ޝަރުތުހަމަވާ ފަރާތްތަކުން، ނަން ހުށަހެޅުމުގެ ފުރުސަތު އޮތީ ޑިސެމްބަރު 31 ވަނަ ދުވަހުގެ މެންދުރު 13:00 ހަމައަށެވެ.
އެޕްލިކޭޝަން ބަލައިގަތުން ހަމަޖެހިފައި ވަނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 އިން މެންދުރު 14:00 އަށެވެ. ރަށްރަށުން އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުން [email protected] މެދުވެރިކޮށް ހުށަހެޅޭނެއެވެ.




