twitterviber whatsapp telegramfacebookyoutube instagram
23rd April 2024

އޭއީސީ އަތުން ބަލިވެ ޖަލާލުއްދީން އިތުރު ހާސްކަމެއްގެ ތެރެއަށް!

މުޙައްމަދު އަހުމަދު
Mar 11, 2022
2

މިހާރު ކުރިއަށްދާ އިންޓަރ ހައުސް ފުޓްބޯޅަ މުބާރާތުގެ 3 ވަނަ މެޗުގައި އޭއީސީ އަތުން ބަލިވެ ޖަލާލުއްދީން އިތުރު ހާސްކަމެއްގެ ތެރެއަށް ވެއްޓިއްޖެ އެވެ.

މިއަދު ހަވީރު ކުޅެވުނު މެޗުގައި އޭއީސީން ޖަލާލުއްދީންގެ މައްޗަށް ކުރިހޯދީ 3 - 1 ގެ ނަތީޖާއަކުންނެވެ. މިމެޗުގައި އޭއީސީގެ ފުރަތަމަ ދެ ލަނޑު ޖަހައިދިނީ އެޓީމުގެ ޖޯޒީ ނަމްބަރު 21 އަހްމަދު މުހައްމަދެވެ.

އެޓީމުގެ ފަހު ލަނޑު ކާމިޔާބުކޮށްދިނީ މުޅި މެޗުގައި ވެސް މޮޅު ކުޅުމެއް ދެއްކި އޭއީސީގެ ޖޯޒީ ނަމްބަރު 14 މުހައްމަދު އަބްދުލް ބާއިޝް އެވެ. މިމެޗުގެ މޭން އޮފް ދަ މެޗު ވެސް ހޯދީ ބާއިޝް އެވެ. ޖަލާލުއްދީނުގެ ހަމައެކަނި ލަނޑު ލިބުނު ޕެނަލްޓީއަކުން އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ހުނަރުވެރި ކުޅުންތެރިޔާ އަހްމަދު ނާއިލެވެ.

މުބާރާތުގައި މިހާތަނަށް ކޮންމެ ޓީމަކުން ވެސް ދެމެޗު ކުޅެފައިވާއިރު ޖަލާލުއްދީން ވަނީ ކުޅުނު ދެމެޗުން ވެސް ބަލިވެފަ އެވެ. އަފީފުއްދީން ހުރިހާ މެޗަކުން މޮޅުވިއިރު އޭއީސީ މޮޅުވީ ޖަލާލުއްދީން އަތުން އެކަންޏެވެ. އަފީފުއްދީން އަތުންވީ ބައްޔެވެ.

މިއަދު އޭއީސީ އަތުން ބަލިވުމާއެކު ޖަލާލުއްދީން މިވަނީ އުދަނގޫ ހާލަތަކަށް ވެއްޓިފަ އެވެ. އެޓީމު މުބާރާތުގައި ކުރިއަށްދާން ބޭނުންނަމަ މާދަމާ ހަވީރު އަފީފުއްދީނާއި ދެކޮޅަށް ކުޅޭ މެޗު ކާމިޔާބުކުރަން މަޖުބޫރުވާނެ އެވެ.

ޖަލާލުއްދީން އުދަނގޫ ހާލަތަކަށް ވެއްޓުނު ނަމަވެސް އޭއީސީވެސް އޮތީ ފަސޭހަ ހާލަތެއްގަ ނޫނެވެ. އެޓީމަށް ވެސް ކުރިއަށްދާން ބޭނުންނަމަ ކުރިއަށް ހުރި މެޗުތަކުން މޮޅުވުން މުހިންމެވެ. މުބާރާތުގައި ހަމަޖެހިލުމުގެ ފުރުސަތެއް އޮތީ އަފީފުއްދީނަށް އެކަންޏެވެ. އެޓީމު މާދަމާގެ މެޗުން މޮޅުވެއްޖެނަމަ ފައިނަލުގެ ޖާގައެއް ޔަގީންވާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355