twitterviber whatsapp telegramfacebookyoutube instagram
25th April 2024

ކަނބުލޮ ފުޓްސަލް ޗެލެންޖްގެ ތަށި މަންތާއަށް، ފުޓްސަލް ކުއީން މިއުޝާއަށް

މުޙައްމަދު އަހުމަދު
Mar 27, 2022

ހިރަފުހުން އިންތިޒާމުކޮށްގެން ބޭއްވި ފޯރިގަދަ ހިރަފުސް ކަނބުލޮ ފުޓްސަލް ޗެލެންޖުގެ ތަށި ރޭ ފަސޭހަކަމާއެކު ކެޑު ބަލިކޮށް މަންތާއިން ހިއްލާލައިފި އެވެ.

އަންހެނުންނަށް އަމާޒުކޮށްގެން ހިރަފުހުން ބޭއްވި 3 ވަނަ ފުޓްސަލް މުބާރާތުގެ ތަށި މަންތާއިން ހިއްލާލީ ރޭ ކުޅެވުނު ފޯރިގަދަ ފައިނަލު މެޗުގައި ކެޑުގެ މައްޗަށް 3 - 0 ގެ ތަފާތަކުން ކުރިހޯދައިގެންނެވެ. އަންހެނުންނަށް އަމާޒުކޮށްގެން ބޭއްވި ފުރަތަމަ މުބާރާތުގެ ތަށި އީގަލްއަށް ލިބުނުއިރު އެންމެފަހުން މިދިޔަ އަހަރު ބޭއްވި މުބާރާތުގެ ތަށި ހޯދީ ފައިވް އެވެ.

ރޭ ކުޅެވުނު ފައިނަލު މެޗުގައި ދެޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު މަންތާގެ ފާތިމަތު މިއުޝާ ވަނީ މިމެޗުގައި ހެޓްރިކް ހަދާފަ އެވެ. އޭނާގެ ފަރާތުން މޮޅު ކުޅުމެއް ފައިނަލުގައި ފެނިގެންދިޔައިރު އޭނާ ވަނީ ފައިނަލުގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދާފަ އެވެ.

މުބާރާތުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ މަގާމު ހޯދީ ވެސް މަންތާގެ ޖޯޒީ ނަމްބަރު 10 ފާތިމަތު މިއުޝާ އެވެ. އޭނާ ވަނީ މިމުބާރާތުގައި ޖުމްލަ 14 ލަނޑު ކާމިޔާބުކޮށްފަ އެވެ.

މުބާރާތުގެ އެންމެ މޮޅު ފަސްކުޅުންތެރިންގެ ތެރޭގައި ވެސް މަންތާގެ މިއުޝާ ހިމެނުނުއިރު އެޓީމުގެ ފާތިމަތު އިނާޝާ އަދި ކީޕަރު އާމިނަތު ނިފްލީނާ ވެސް އެންމެ މޮޅު ފަސްކުޅުންތެރިންގެ ތެރޭގައި ހިމެނުނެވެ.

އެންމެ ގަދަ 5 ގައި ހިމެނުނު އަނެއް ދެ ކުޅުންތެރިންނަކީ ކެޑުގެ ޖޯޒީ ނަމްބަރު 21 އާމިނަތު ލައުޒާއާއި ފައިވްގެ ހަދީޖާ އަލީ އެވެ. މިމުބާރާތުގެ ފެއާޕްލޭ ޓީމަކަށް ހޮވުނީ ބީއެސްއޭ އެވެ. ބީއެސްއޭއަކީ މިމުބާރާތުން ފެނުނު އެންމެ ޒުވާން ޓީމެވެ.

މިމުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ ނުވަތަ ފުޓްސަލް ކުއީންއަކަށް ހޮވުނީ މުޅި މުބާރާތުގައި ވެސް ތަފާތު މޮޅު ކުޅުމެއް ދެއްކި މަންތާގެ ހުނަރުވެރި ފޯވާޑް ފާތިމަތު މިއުޝާ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355