twitterviber whatsapp telegramfacebookyoutube instagram
8th September 2024

މަޒީން ޕްރިކްސްގެ ކިންގަކަށް އޮރިޓޯ، ކުއީން ޖޫލީއަށް

މުޙައްމަދު އަހުމަދު
Apr 16, 2022
1

ކުޅުދުއްފުށި މޮޓޯ ސްޕޯޓްސް ކޮމިއުނިޓީން އިންތިޒާމުކޮށްގެން މަޒީން ޕްރިކްސްގެ ނަމުގައި ރޭ ބޭއްވި ޑްރެގް ރޭހުގެ ފިރިހެން އޯޕަން އިވެންޓްގެ ކިންގް އޮރިޓޯ ހޯދިއިރު އަންހެން އޯޕަން އިވެންޓްގެ ކުއީން ޖޫލީ ހޯދައިފި އެވެ.

އެއް ރެއަށް ކުރިއަށްދިޔަ މިރޭހުގެ ފިރިހެން އިވެންޓްގެ ޗެމްޕިއަންކަން ހުސެއިން އަހްމަދު (އޮރިޓޯ) ހޯދީ ފައިނަލުގައި ޔާއްޓު ބަލިކޮށްގެންނެވެ. އޮރިޓޯ ފައިނަލަށް ދަތުރުކޮށްފައިވަނީ ސެމީގައި އަލީ ސާވީ އަހްމަދު ބަލިކޮށެވެ. އަދި ޔާއްޓު ފައިނަލަށް ދަތުރުކުރީ މިންހާލް މުހައްމަދު (މިންމި) ބަލިކޮށެވެ.

އަންހެން އިވެންޓްގެ ޗެމްޕިއަންކަން ޖުވެއިރިޔާ މުހައްމަދު (ޖޫލީ) ހޯދީ ފައިނަލުގައި ނިޔާ ބަލިކޮށްގެންނެވެ. އަންހެން އިވެންޓްގައި ބައިވެރިވެފައިވަނީ 3 ރައިޑަރުންނެވެ. ނިޔާ ފައިނަލަށް ދަތުރުކުރީ ނަރީ ބަލިކޮށެވެ.

މަޒީން ޕްރިކްސްގެ ނަމުގައި ކުޅުދުއްފުށި މޮޓޯ ސްޕޯޓްސްއިން ބޭއްވި މިރޭހަކީ ކޭއެމްއެސްގެ ގްރެފިކް ޑިޒައިނަރ އަދި ފޮޓޯގްރާފަރ މަޒީންއަށް އެރުވި ޓްރިބިއުޓެކެވެ. މިރޭހުގައި ފިރިހެން އިވެންޓްގައި ޖުމްލަ 16 ބައިވެރިން ބައިވެރިވެފައިވާއިރު ސައިކަލު މައްސަލައެއް ޖެހިގެން އެއްބައިވެރިއަކު ރޭސް ނުޖަހަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355