twitterviber whatsapp telegramfacebookyoutube instagram
16th September 2024

ރާސް ޗެމްޕިއަންޝިޕް ކުޅުދުއްފުށި އެޑިޝަން ކާމިޔާބުކަމާއެކު ނިންމާލައިފި

މުޙައްމަދު އަހުމަދު
Aug 31, 2024

ރޭސިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ކުޅުދުއްފުށީގައި ބޭއްވި ހޮންޑާ ރާސް ޗެމްޕިއަންޝިޕް ކުޅުދުއްފުށި އެޑިޝަން ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.

މިމަހުގެ 23 އަދި 24 ގައި ކުޅުދުއްފުށީ އަމީނީމަގުގައި ކުރިއަށް ދިޔަ މުބާރާތް ވަނީ ވަރަށް ކާމިޔާބުކަމާއެކު ނިމިގެން ގޮސްފަ އެވެ. މިމުބާރާތުގައި ވަނީ ކުރިއަރަމުން އަންނަ އާ ހުނަރުވެރި ރައިޑަރުން ފެނިގެން ގޮސްފަ އެވެ.

ކުޅުދުއްފުށި އެޑިޝަންގައި މިފަހަރު ކުރިއަށް ގެންދިޔަ ކެޓަގަރީތަކަކީ ޕީޑީ 125,160, އަންޑަރ ބޯން އޯޕަން، އެމް 160, ޓީއެސް 65, އެސްޕީޑީ، އަދި ހޮންޑާ ވިނާރ އެކްސް ކެޓަގަރީއެވެ.

މެޓިކް 160:

މިކެޓަގަރީގެ ޗެމްޕިއަންކަން ހޯދާފައިވަނީ 11.4802 ސިކުންތުން، ބީސްޓްކްރޫގެ ރައިޑަރު ނަންބަރު 51 މުހައްމަދު ހަސަން (މޮޑެކްސް) އެވެ. އަދި ދެވަނައަށް ގޮސްފައިވަނީ 11.7166 ސިކުންތުން، މެގްމާ ރޭސިންގެ ރައިޑަރު ނަންބަރު 693 މިންހާލް މުހައްމަދެވެ.

މެޓިކް 160 ކެޓަގަރީގެ ގަދަ ފަހެއް އަދި އިލެޕްސްޑް ޓައިމިން:

1. އަލީ ސިމާން ޖައުފަރު (ރައިޑަރު ނަންބަރު 180) - 11.0318 ސިކުންތު
2. މުހައްމަދު ހަސަން (ރައިޑަރު ނަންބަރު 51) - 11.4802 ސިކުންތު
3. މިންހާލް މުހައްމަދު (ރައިޑަރު ނަންބަރު 693) - 11.6702 ސިކުންތު
4. އަހްމަދު ނާޖިހް އިސްމާއީލް (ރައިޑަރު ނަންބަރު 850) - 11.7658 ސިކުންތު
5. އަހްމަދު އީހަމް ހަމްޒާ (ރައިޑަރު ނަންބަރު 454) - 12.1175 ސިކުންތު

މިކެޓަގަރީގެ އެންމެ އަވަސް އިލެޕްސްޑް ޓައިމިން އެއް ރެކޯޑް ކުރެވިފައިވަނީ ޕްރޮޖެކްޓް ބީގެ އަލީ ސިމާން ޖައުފަރު އެވެ. އަދި ރެކޯޑް ކުރެވުނު އެންމެ ބާރު ސްޕީޑަކީ ވެސް ސިމާން އެވެ. އެއީ ގަޑިއަކު 92.74 ކިލޯމީޓަރެވެ. އަދި އެންމެ އަވަސް ރިއެކްޝަން ޓައިމިން (އެންމެ ފަހު އޮރެންޖު ބޮކި ނިވި ރޭސް ފެށުމަށް ފެހި ބޮކި ދިއްލުމުން އެންމެ އަވަހަށް ނައްޓާލަން ނެގި ވަގުތު) އަކީ 0.1597 ސިކުންތުން ނައްޓާލި ބީސްޓްކްރޫގެ މުހައްމަދު އަނީޒް އަބްދުﷲ އެވެ.

ހޮންޑާ ވިނާރ އެކްސް:

މިކެޓަގަރީގެ ޗެމްޕިއަންކަން ހޯދާފައިވަނީ 9.62741 ސިކުންތުން، ބީސްޓްކްރޫގެ ރައިޑަރު ނަންބަރު 111 މުހައްމަދު އަނީޒް އަބްދުﷲ އެވެ. އަދި ދެވަނައަށް ގޮސްފައިވަނީ 10.5765 ސިކުންތުން، ބީސްޓްކްރޫގެ ރައިޑަރު ނަންބަރު 51 މުހައްމަދު ހަސަން (މޮޑެކްސް) އެވެ.

ހޮންޑާ ވިނާރ އެކްސް ކެޓަގަރީގެ ގަދަ ފަހެއް އަދި އިލެޕްސްޑް ޓައިމިން:

1. މުހައްމަދު އަނީޒް އަބްދުﷲ (ރައިޑަރު ނަންބަރު 111) - 8.74555 ސިކުންތު
2. މުހައްމަދު ޖަޒްލާން އަބްދުﷲ (ރައިޑަރު ނަންބަރު 420) - 9.99039 ސިކުންތު
3. މުހައްމަދު ހަސަން (ރައިޑަރު ނަންބަރު 51) - 10.3506 ސިކުންތު
4. އާދަމް ހިލްމީ ހަސަން ނައީމް (ރައިޑަރު ނަންބަރު 126) - 10.8017 ސިކުންތު
5. އަލީ އަނަސް އަހްމަދު (ރައިޑަރު ނަންބަރު 124) - 11.5357 ސިކުންތު

މިކެޓަގަރީގެ އެންމެ އަވަސް އިލެޕްސްޑް ޓައިމިން އެއް ރެކޯޑް ކުރެވިފައިވަނީ ބީސްޓްކްރޫގެ އަނީޒް އެވެ. އަދި ރެކޯޑް ކުރެވުނު އެންމެ ބާރު ސްޕީޑަކީ ވެސް އަނީޒް އެވެ. އެއީ ގަޑިއަކު 118.33 ކިލޯމީޓަރެވެ. އަދި އެންމެ އަވަސް ރިއެކްޝަން ޓައިމިން އަކީ 0.2269 ސިކުންތުން ނައްޓާލި ބީސްޓްކްރޫގެ މުހައްމަދު ހަސަން އެވެ.

ޕްރޯ ޑްރެގް 125 (ޕީޑީ125)

މިކެޓަގަރީގެ ޗެމްޕިއަންކަން ހޯދާފައިވަނީ 8.84426 ސިކުންތުން، މެގްމާ ރޭސިންގެ އަހްމަދު އީހަމް ހަމްޒާ އެވެ. އަދި ދެވަނައަށް ގޮސްފައިވަނީ 27.8156 ސިކުންތުން، އެތޯމިތޯގެ އަހްމަދު އަމީޒް އަބްދުﷲ އެވެ.

ޕީޑީ 125 ކެޓަގަރީގެ ގަދަ ފަހެއް އަދި އިލެޕްސްޑް ޓައިމިން:

1. އަހްމަދު އީހަމް ހަމްޒާ (ރައިޑަރު ނަންބަރު 454) - 8.14142 ސިކުންތު
2. އަހްމަދު އަމީޒް އަބްދުﷲ (ރައިޑަރު ނަންބަރު 127) - 8.93364 ސިކުންތު
3. މުހައްމަދު ޝާމިހް ހަސަން ސޯދިގު (ރައިޑަރު ނަންބަރު 777) - 9.12996 ސިކުންތު
4. މުހައްމަދު ނާޖިހް އިސްމާއިލް (ރައިޑަރު ނަންބަރު 850) - 9.40817 ސިކުންތު
5. އަލީ ސިމާން ޖައުފަރު (ރައިޑަރު ނަންބަރު 180) - 10.2312

މިކެޓަގަރީގެ އެންމެ އަވަސް އިލެޕްސްޑް ޓައިމިން އެއް ރެކޯޑް ކުރެވިފައިވަނީ މެގްމާ ރޭސިންގެ އަހްމަދު އީހަމް ހަމްޒާ އެވެ. އަދި ރެކޯޑް ކުރެވުނު އެންމެ ބާރު ސްޕީޑަކީ ވެސް އީހަމް އެވެ. އެއީ ގަޑިއަކު 129.41 ކިލޯމީޓަރެވެ. އަދި އެންމެ އަވަސް ރިއެކްޝަން ޓައިމިން އަކީ 0.0386 ސިކުންތުން ނައްޓާލި އީހަމް އެވެ.

ޕްރޯ ޑްރެގް 160 (ޕީޑީ160):

މިކެޓަގަރީގެ ޗެމްޕިއަންކަން ހޯދާފައިވަނީ 7.97961 ސިކުންތުން، ޓިއާ ވަން ރޭސިންގެ އަހްމަދު ހަސަން އެވެ. އަދި ދެވަނައަށް ގޮސްފައިވަނީ 8.05441 ސިކުންތުން، މެގްމާ ރޭސިންގެ އަހްމަދު އީހަމް ހަމްޒާ އެވެ.

ޕީޑީ 160 ކެޓަގަރީގެ ގަދަ ފަހެއް އަދި އިލެޕްސްޑް ޓައިމިން:

1. އަހްމަދު ހަސަން (ރައިޑަރު ނަންބަރު 373) - 7.64848 ސިކުންތު
2. އަހްމަދު އީހަމް ހަމްޒާ (ރައިޑަރު ނަންބަރު 454) - 7.76731 ސިކުންތު
3. އަލީ ސިމާން ޖައުފަރު (ރައިޑަރު ނަންބަރު 180) - 7.86312 ސިކުންތު
4. މުހައްމަދު ހަސަން (ރައިޑަރު ނަންބަރު 51) - 7.88611 ސިކުންތު
5. މުއާޒް މުހައްމަދު (ރައިޑަރު ނަންބަރު 880) - 8.0076 ސިކުންތު

މިކެޓަގަރީގެ އެންމެ އަވަސް އިލެޕްސްޑް ޓައިމިން އެއް ރެކޯޑް ކުރެވިފައިވަނީ ޓިއާ ވަން ރޭސިންގެ އަހްމަދު ހަސަން އެވެ. އަދި ރެކޯޑް ކުރެވުނު އެންމެ ބާރު ސްޕީޑަކީ މެގްމާ ރޭސިންގެ އަހްމަދު އީހަމް ހަމްޒާ އެވެ. އެއީ ގަޑިއަކު 141.66 ކިލޯމީޓަރެވެ. އަދި އެންމެ އަވަސް ރިއެކްޝަން ޓައިމިން އަކީ 0.0378 ސިކުންތުން ނައްޓާލި އެތޯ މިތޯގެ މުހައްމަދު ނާޖިހް އިސްމާއިލް އެވެ.

ޓްރޫ ސްޓްރީޓް 65 (ޓީއެސް 65):

މިކެޓަގަރީގެ ޗެމްޕިއަންކަން ހޯދާފައިވަނީ 8.3659 ސިކުންތުން، ޓިއާ ވަން ރޭސިންގެ އަލީ އަފްތީމް އާދަމް އެވެ. އަދި ދެވަނައަށް ގޮސްފައިވަނީ 9.16351 ސިކުންތުން، އެތޯމިތޯގެ އަހްމަދު އަމީޒް އަބްދުﷲ އެވެ.

ޓީއެސް 65 ކެޓަގަރީގެ ގަދަ ފަހެއް އަދި އިލެޕްސްޑް ޓައިމިން:

1. އަލީ އަފްތީމް އާދަމް (ރައިޑަރު ނަންބަރު 76) - 8.3659 ސިކުންތު
2. މުހައްމަދު އަނީޒް އަބްދުﷲ (ރައިޑަރު ނަންބަރު 111) - 8.61794 ސިކުންތު
3. މިންހާލް މުހައްމަދު (ރައިޑަރު ނަންބަރު 693) - 8.91921 ސިކުންތު
4. އަހްމަދު އަމީޒް އަބްދުﷲ (ރައިޑަރު ނަންބަރު 127) - 9.13828 ސިކުންތު
5. އަހްމަދު ރަޝީދު (ރައިޑަރު ނަންބަރު 131) - 9.27277 ސިކުންތު

މިކެޓަގަރީގެ އެންމެ އަވަސް އިލެޕްސްޑް ޓައިމިން އެއް ރެކޯޑް ކުރެވިފައިވަނީ ޓިއާ ވަން ރޭސިންގެ އަފްތީމް އެވެ. އަދި ރެކޯޑް ކުރެވުނު އެންމެ ބާރު ސްޕީޑަކީ ބީސްޓްކްރޫގެ އަނީޒް އެވެ. އެއީ ގަޑިއަކު 125.48 ކިލޯމީޓަރެވެ. އަދި އެންމެ އަވަސް ރިއެކްޝަން ޓައިމިން އަކީ 0.0482 ސިކުންތުން ނައްޓާލި އަބްދުﷲ ސައްމާހް ހަސަން ސޯދިގު އެވެ.

ސުޕަރ ޕްރޯ ޑްރެގް (އެސްޕީޑީ):

މިކެޓަގަރީގެ ޗެމްޕިއަންކަން ހޯދާފައިވަނީ 7.9098 ސިކުންތުން، ބީސްޓްކްރޫގެ މުހައްމަދު އިބްރާހިމް އެވެ. އަދި ދެވަނައަށް ގޮސްފައިވަނީ 8.31072 ސިކުންތުން، ބީސްޓްކްރޫގެ މުހައްމަދު އަނީޒް އަބްދުﷲ އެވެ.

އެސްޕީޑީ ކެޓަގަރީގެ ގަދަ ފަހެއް އަދި އިލެޕްސްޑް ޓައިމިން:

1. އަހްމަދު އީހަމް ހަމްޒާ (ރައިދަރު ނަންބަރު 454) - 7.81355 ސިކުންތު
2. އަލީ ސިމާން ޖައުފަރު (ރައިޑަރު ނަންބަރު 180) - 7.86431 ސިކުންތު
3. މުހައްމަދު އިބްރާހިމް (ރައިޑަރު ނަންބަރު 484) - 8.12713 ސިކުންތު
4. މުއާޒް މުހައްމަދު (ރައިޑަރު ނަންބަރު 880) - 8.1753 ސިކުންތު
5. މުހައްމަދު އަނީޒް އަބްދުﷲ (ރައިޑަރު ނަންބަރު 111) - 8.31072 ސިކުންތު

މިކެޓަގަރީގެ އެންމެ އަވަސް އިލެޕްސްޑް ޓައިމިން އެއް ރެކޯޑް ކުރެވިފައިވަނީ މެގްމާ ރޭސިންގެ އީހަމް އެވެ. އަދި ރެކޯޑް ކުރެވުނު އެންމެ ބާރު ސްޕީޑަކީ ބީސްޓްކްރޫގެ މުހައްމަދު އިބްރާހިމް އެވެ. އެއީ ގަޑިއަކު 135.97 ކިލޯމީޓަރެވެ. އަދި އެންމެ އަވަސް ރިއެކްޝަން ޓައިމިން އަކީ 0.03645 ސިކުންތުން ނައްޓާލި ބީސްޓްކްރޫގެ މުހައްމަދު އިބްރާހިމް އެވެ.

އަންޑަރ ބޯން އޯޕަން:

މިކެޓަގަރީގެ ޗެމްޕިއަންކަން ހޯދާފައިވަނީ 7.60922 ސިކުންތުން، މެގްމާ ރޭސިންގެ އަހްމަދު އީހަމް ހަމްޒާ އެވެ. އަދި ދެވަނައަށް ގޮސްފައިވަނީ 8.24875 ސިކުންތުން، ބީސްޓްކްރޫގެ މުހައްމަދު އިބްރާހިމް އެވެ.

އަންޑަރބޯން ކެޓަގަރީގެ ގަދަ ފަހެއް އަދި އިލެޕްސްޑް ޓައިމިން:

1. އަހްމަދު އީހަމް ހަމްޒާ (ރައިޑަރު ނަންބަރު 454) - 7.59503 ސިކުންތު
2. އަހްމަދު ހަސަން (ރައިޑަރު ނަންބަރު 373) - 7.78323 ސިކުންތު
3. މުހައްމަދު އަނީޒް އަބްދުﷲ (ރައިޑަރު ނަންބަރު 111) - 7.97701 ސިކުންތު
4. އަލީ އަފްތީމް އާދަމް (ރައިޑަރު ނަންބަރު 76) - 7.99798 ސިކުންތު
5. އަލީ އަޝްފާގް އަހްމަދު (ރައިޑަރު ނަންބަރު 224) - 8.11311 ސިކުންތު

މިކެޓަގަރީގެ އެންމެ އަވަސް އިލެޕްސްޑް ޓައިމިން އެއް ރެކޯޑް ކުރެވިފައިވަނީ އަހްމަދު އީހަމް ހަމްޒާ އެވެ. އަދި ރެކޯޑް ކުރެވުނު އެންމެ ބާރު ސްޕީޑަކީ ވެސް އީހަމް އެވެ. އެއީ ގަޑިއަކު 144.13 ކިލޯމީޓަރެވެ. އަދި އެންމެ އަވަސް ރިއެކްޝަން ޓައިމިން އަކީ 0.00198 ސިކުންތުން ނައްޓާލި މުހައްމަދު އިބްރާހިމް އެވެ.

މުޅި މުބާރާތުގެ އެންމެ ބާރު ސްޕީޑަކަށް ރެކޯޑް ކުރެވިފައިވަނީ އޯޕަން އިވެންޓްގައި ގަޑިއަކު 144.13 ކިލޯމީޓަރުގެ ބާރު މިނުގައި ދުއްވައިގެން މެގްމާ ރޭސިންގެ ރައިޑަރު ނަންބަރު 454 އަހްމަދު އީހަމް ހަމްޒާ އެވެ.

މުޅި މުބާރާތުގެ އެންމެ އަވަސް އިލެޕްސްޑް ޓައިމިން އަކީ އޯޕަން ކެޓަގަރީގައި 7.59503 ސިކުންތުން ރޭސް ނިންމައިގެން މެގްމާ ރޭސިންގެ ރައިޑަރު ނަންބަރު 454 އަހްމަދު އީހަމް ހަމްޒާ އެވެ. އަދި އެންމެ އަވަސް ރިއެކްޝަން ޓައިމިން އަކީ އޯޕަން ކެޓަގަރީގައި 0.00198 ސިކުންތުން ރޭސް ފެށި ޓިއާ ވަން ރޭސިންގެ ރައިޑަރު ނަންބަރު 373 އަހްމަދު ހަސަން އެވެ.

މުބާރާތުގެ އެންމެ ބާރު އަދި އެންމެ އަވަސް ރައިޑަރުގެ މަގާމައި އަންޑަރ ބޯން ރަސްގެފާނުގެ މަގާމު ހޯދައިފައިވަނީ އަރަމުން އަންނަ ޒުވާން ރައިޑަރު އަހްމަދު އީހަމް ހަމްޒާ އެވެ.

ކޮންމެ އަހަރަކުވެސް ރޭސިންގެ އެސޯސިއޭޝަނުން މިމުބާރާތް ބޭއްވުމަށް ގިނަ ތައްޔާރީތައްވެ ރަނގަޅު ފެންވަރެއްގައި ރާއްޖޭގައި މޮޓޯ ސުޕޯޓްސް އިވެންޓްތައް ބާއްވަމުން އަންނަ ކަން ފާހަގަކުރެވެ އެވެ. އެގޮތުން މިފަހަރުވެސް މިވަނީ ކުޅުދުއްފުށީ އެޑިޝަން ވަރަށް ކާމިޔާބުކަމާއެކު ނިންމާލާފަ އެވެ.

އާރު އޭ އެމްއިން ވިދާޅުވީ އެއެސޯސިއޭޝަނާއި އެއެސޯސިއޭޝަނުން ބާއްވާ ހުރިހާ އިވެންޓްތަކަކީ ވެސް ސަލާމަތީ ހުރިހާ ފިޔަވަޅުތަކެއް އަޅައިގެން އޮންނަ އުސޫލުގެ ދަށުން ހުރިހާ ގާނޫނީ ހުއްދަތަކެއްގެ ދަށުން ހިންގާ ހަރަކާތްތަކެއް ކަމަށެވެ. އަދި ރައްޔިތުންގެ ފުރާނައަށް ނުރައްކާވެ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ނަގާލައި ދުއްވުން ހަރުކަށި ޢިބާރާތުން ކުށްވެރިކުރާ ކަމަށްވެސް އާރު އޭ އެމްއިން ބުނެ އެވެ. އާރު އޭ އެމްއިން އަބަދުވެސް ރައްކާތެރިކޮށް ދުއްވުމަށް ބާރު އަޅާކަން ފާހަގަ ކުރެވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355