twitterviber whatsapp telegramfacebookyoutube instagram
10th September 2026

ކެޑޭޓް އަންހެން ސިންގަލްސް ބައިން ދީމާއަށް ރިހި މެޑަލް

ނަބީލާ އިސްމާޢީލް
May 12, 2022

ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕުގެ ކެޑޭޓް އަންހެން ސިންގަލްސް ބައިން ރާއްޖޭގެ ފާތިމަތު ދީމާ އަލީ ރިހި މެޑެލް ލިބިއްޖެއެވެ.

ދީމާ އަށް ރިހިމެޑަލް ލިބުނީ މި ބައިގެ ފައިނަލުގައި އިންޑިއާގެ އެންމެ ވަރުގަދަ އެއް ކުޅުންތެރިޔާ ޖެނިފާ އާއި ވާދަކޮށް 3-2 ސެޓުން ބަލިވެގެންނެވެ.

ދީމާ އަތުން މޮޅުވި ޖެނިފާ އަކީ 15 އަހަރުން ދަށުގެ ރޭންކިންގައި ދުނިޔޭގެ 18 ވަނައެވެ. އެންމެ ފަހުން ނެރުނު ރޭންކިންގައި ދީމާ އޮތީ 111 ވަނައިގައެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ސެޓު އިންޑިއާގެ ޖެނިފާ ކާމިޔާބުކުރީ 13-11 އިންނެވެ. ނަމަވެސް ދީމާ ވަނީ ފަސޭހަކަމާއި އެކު ބޮޑު ތަފާތަކުން ދެވަނަ ސެޓު 4-11 އިން ކާމިޔާބުކޮށްފައެވެ

މެޗުގެ ތިންވަނަ ސެޓު ޖެނިދާ ކާމިޔާބުކުރީ 11-5 އިންނެވެ. ނަމަވެސް ދީމާ ވަނީ ހަތަރުވަނަ ސެޓުގައި ހިތްވަރުކޮށް 11-13 އިން ކާމިޔާބުކޮށްފައެވެ. ފަހު ސެޓުން ޖެނިފާ މޮޅުވީ 6-11 އިންނެވެ.

މިފަހަރު ނިމިގެންދިޔަ މި މުބާރާތުގައި ރާއްޖެއިން ވަނީ ޖުމްލަ ހަ މެޑަލް ހޯދާފައެވެ. އެއީ ދީމާ ހޯދި ރިހި މެޑަލްގެ އިތުރުން ފަސް ލޯ މެޑެއްޔެވެ. މީގެ ކުރިން 2019 ވަނަ އަހަރު ބޭއްވި މި މުބާރާތުގެ ކެޑޭޓް ބައިންވެސް ދީމާ ވަނީ ރިހި މެޑަލް ހޯދާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293