twitterviber whatsapp telegramfacebookyoutube instagram
11th September 2026

ބީއެމްއެލް ކްރެޓިޑް ކާޑެއް ނެގޭ އެންމެ ކުޑަ މުސާރައަކަށް 4000

May 19, 2022

ބީއެމްއެލްގެ ކްރެޑިޓް ކާޑަށް ޝަރުތު ހަމަވާ އެންމެ ކުޑަ އާމްދަނީ މަހަކު 4،000 ރުފިޔާއަށް ކުޑަކޮށްފިއެވެ.

މިއާއެކު ބީއެމްއެލުން ވަނީ އަލަށް ކްރެޑިޓް ކާޑަށް އެދި ހުށަހަޅާ ފަރާތްތަކަށް ހާއްސަ ޕްރޮމޯޝަނެއް ވެސް ފަށާފައެވެ. މި ޕްރޮމޯޝަންގެ ކްރެޑިޓް ކާޑަށް އެދި ހުށަހަޅާ ހުށަހެޅުމުގެ ތެރެއިން ބޭންކުން އެންމެ ފުރަތަމަ އެޕްރޫވްކުރާ 200 ކާޑަށް ކޭޝްބެކް ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ. މިގޮތުން ކޮންމެ ކާޑަކަށް ކޭޝްބެކްގެ ގޮތުގައި 2500 ރުފިޔާ ދިނުމަށް ވެސް ވަނީ ނިންމާފައެވެ.

އަދި މި މަހުގެ 15ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ ނިޔަލަށް އަލަށް ކްރެޑިޓް ކާޑަށް އެދި ހުށަހަޅާ ފަރާތްތަކުގެ ޖޮއިނިން ފީއާއި ފުރަތަމަ އަހަރީ ފީ މާފުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި ޕްރޮމޯޝަންގެ ދަށުން ކްރެޑިޓް ކާޑަށް އެދި ހުށަހަޅާ ކަސްޓަމަރުންގެ ތެރެއިން ކޮންމެ ހަފްތާއަކު ނެގޭ ގުރުއަތުން ހޮވޭ ފަރާތަކަށް 5،000 ރުފިޔާގެ ގިފްޓް ކާޑެއް ލިބޭނެއެވެ. މީގެ އިތުރުން މި ޕްރޮމޯޝަނުގެ މުއްދަތުގައި ބޭންކުން އެންމެ ފުރަތަމަ އެޕްރޫވްކުރާ 2000 ކާޑަށް ބީއެމްއެލް ރިވޯޑްސް ޕޮއިންޓް ލިބޭނެއެވެ. މިގޮތުން ކޮންމެ ކާޑަކަށް 3000 ރިވޯޑްސް ޕޮއިންޓް ލިބޭނެއެވެ. ބީއެމްއެލް ރިވޯޑްސް ޕޮއިންޓް ރިޑީމް ކޮށްގެން ގިނަ އެއާލައިނާއި، ހޮޓެލާއި، ކާރު ކުއްޔަށް ނެގުމުގެ އިތުރުން އެމޭޒަން، އެޕްސްޓޯ، އައިޓިއުންސް، ގޫގުލް ޕްލޭ، ޕްލޭސްޓޭޝަން ފަދަ މަގްބޫލް ބްރޭންޑްތަކުގެ ގިފްޓް ކާޑު ގަތުމުގެ ފުރުސަތުވެސް ލިބިގެންދެއެވެ.

މި ޕްރޮމޯޝަން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 30 ޖޫން 2022 ގެ ނިޔަލަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293