twitterviber whatsapp telegramfacebookyoutube instagram
11th August 2026

ލޯންޗް އެކްސިޑެންޓެއް ހިނގައި ދެ މީހަކު މަރުވެއްޖެ

May 21, 2022

ގއ. ވިލިނގިލީ ނެރުން ވަންނަން އުޅުމުގެ ތެރޭގައި ނެރުގައި ޖެހި މިރޭ ހިނގި ލޯންޗު އެކްސިޓެންޑެއްގައި ދެ މީހަކު މަރުވެއްޖެ އެވެ.

ފުލުހުން ބުނިގޮތުގައި އެކްސިޑެންޓްވިއިރު ލޯންޗްގައި ފަސް މީހުން ތިއްބެވެ. މަރުވެފައިވަނީ އެކްސިޑެންޓްގައި ހިނގި ވަގުތު މޫދަށް ވެއްޓުނު ދެމީހުންނެވެ. އެ ދެ މީހުން ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފަ އެވެ.

ބާކީ ތިބި ތިން މީހުންނަށް އެކި އަނިޔާވެގެން ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުންޏެވެ.

މި ނުރައްކާތެރި އެކްސިޑެންޓް ހިނގަން މެދުވެރިވީ ސަބަބެއް ސާފުވާ ގޮތެއް ނުވިއެވެ. ފުލުހުން ބުނީ އެކަން ބަލަން ފަށާފައިވާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355