twitterviber whatsapp telegramfacebookyoutube instagram
8th December 2022

ބީއެމްއެލް އެޕަށް ޑިޖިޓަލް ވޮލެޓް ތައާރަފްކޮށްފި

ޚަދީޖާ އާދަމް
May 23, 2022
1

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މޯބައިލް ބޭންކިން އެޕް އަޕްރޭޑްކޮށް ބީއެމްއެލް ޕޭ ވޮލެޓްގެ ހިދުމަތް މިއަދު ތައާރަފްކޮށްފި އެވެ. މި އަޕްގްރޭޑާއެކު، ކޮންޓެކްޓްލެސް ޕޭމަންޓްގެ ހިދުމަތް އަދި ވޮލެޓް-ޓު-ވޮލެޓް ޓްރާންސްފާގެ ހިދުމަތް އެޕް މެދުވެރިކޮށް ލިބިގެންދާނެ އެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔަ ވިދާޅުވީ ރައްކާތެރިކަމާއި ފަސޭހަކަމާއެކު ބޭންކިން ހިދުމަތް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް ބީއެމްއެލްގެ މޯބައިލް ބޭންކިން އެޕަށް އާ ބަދަލުތަކަކާއި އިތުރު ފީޗާ ތަކާއެކު މިދިޔަ އަހަރު ބަދަލުތަކެއް ގެނެވުނު ކަމަށެވެ.

އަލަށް ތައާރަފް ކުރެވުނު މި ހިދުމަތާއެކު، ބީއެމްއެލް މޯބައިލް ބޭންކިން އެޕް މެދުވެރިކޮށް ހަލުވިކަމާއި ރައްކާތެރިކަމާއެކު ޕޭމަންޓް ފުރިހަމަ ކުރުމަށް ކަސްޓަމަރުންނަށް ސްކޭން ޓު ޕޭގެ ހިދުމަތް ބޭނުންކުރެވޭނެ އެވެ. އަދި ހަމައެކަނި މޯބައިލް ނަންބަރު ބޭނުންކޮށްގެން އާއިލާ އާއި ރަހުމަތްތެރިންނަށް ފައިސާވެސް ފޮނުވޭނެ އެވެ.

ބީއެމްއެލް އެޕްގައި އަލަން ހިމެނި ހިދުމަތްތައް

ސްކޭން ޓު ޕޭ: ޕީއޯއެސް ޓަރމިނަލް މެދުވެރިކޮށް "ސްކޭން ޓު ޕޭ" ނެންގެވުމަށްފަހު ނުވަތަ މަރޗަންޓް މެދުވެރިކޮށް ބީއެމްއެލް ކިއުއާރު ސްޓިކަރ ބޭނުންކޮށްގެން ކާޑާއި ނުލައި ބީއެމްއެލް މޯބައިލް ބޭންކިންގ އެޕް މެދުވެރިކޮށް ރައްކާތެރިކަމާއެކު ކަސްޓަމަރުންނަށް ފައިސާ ދައްކާލެވޭނެއެވެ.

ޓެޕް ޓު ޕޭ: ކަސްޓަމަރުންގެ އެންއެފްސީގެ ހިދުމަތް ހިމެނޭ ފޯން ޕީއޯއެސް މެޝިން ގައި ޖައްސާލުމުން ކާޑާއި ނުލައި ބީއެމްއެލް މޯބައިލް ބޭންކިންގ އެޕް މެދުވެރިކޮށް ރައްކާތެރިކަމާއެކު ކަސްޓަމަރުންނަށް ފައިސާދައްކާލެވޭނެއެވެ.

މޯބައިލް ކީ-އިން: ޕޭމަންޓެއް ހެދުމުގެ ކުރިން، ކަސްޓަމަރުންނަށް 'މޯބައިލް ކީ-އިން' ނެންގެވުމަށްފަހު ފޯނު ނަންބަރު ޖެހުމުން ފައިސާ ދެއްކުމަށް ރިކުއެކްސްޓެއް ލިބޭނެއެވެ. މި ރިކުއެސްޓް އެޕްރޫވް ކުރުމުން ޕީއޯއެސް ޓަރމިނަލް މެދުވެރިކޮށް ފައިސާ ދައްކާލެވޭނެއެވެ.
ޑިޖިޓަލް ވޮލެޓް އަދި ޕޭމަންޓް ފަންކްޝަންސް މޯބައިލް އެޕްގައި ހިމެނިގެންދިޔުމާއެކު ކަސްޓަމަރުންނަށް މިހާރު އެއް އެޕް މެދުވެރިކޮށް ފައިސާ ދެއްކުމާއި ބޭންކިން ހިދުމަތް ލިބިގެންދާނެ ކަމުގައިވެސް ސޯޔަ ވިދާޅުވި އެވެ. ކަސްޓަމަރުންނަށް ފައިސާ ދެއްކުމަށް ސްކޭން ޓު ޕޭ މެދުވެރިކޮށް ނުވަތަ އެންއެފްސީގެ ހިދުމަތް އެކުލެވޭ ފޯނެއް މެދުވެރިކޮށް ޓެޕް ޓު ޕޭ ބޭނުންކޮށްގެން ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ހުރި މާޗަންޓަކަށްވެސް އެޕް މެދުވެރިކޮށް ފައިސާ ފޮނުވޭނެ ކަމުގައިވެސް ވިދާޅުވި އެވެ.

"މިއަދު ގެނެވުނު ބަދަލުތަކާއެކު މޯބައިލް ބޭންކިން އެޕް އަކީ ކަސްޓަމަރުން ބޭނުންވާނެ ހަމައެކަނި ވޮލެޓް. މުޅި ދުނިޔޭގައިވެސް މޯބައިލް ބޭންކިން މެދުވެރިކޮށް ހަދާ ކޮންޓެކްޓްލެސް ޕޭމަންޓްތަކަކީ އެންމެ ރައްކާތެރި އަދި އެންމެ އަވަހަށް ފައިސާގެ މުއާމަލާތްކޮށްލެވޭ ގޮތް. މިފަދަ ހިދުމަތެއް ބޭންކުގެ އެޕް މެދުވެރިކޮށް ދެވޭ ކަމީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް. އަޅުގަނޑުމެންގެ އަމާޒަކީ ޓެކްނޮލޮޖީ އަށް އިންވެސްޓްކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ފުރިހަމަ ބޭންކިން ހިދުމަތެއް ދިނުން." ސޯޔަ ވިދާޅުވި އެވެ.

ރާއްޖެއަށް މުޅިން އަލަށް 2015 ވަނަ އަހަރު މޯބައިލް ބޭންކިން ހިދުމަތް ބޭންކް އޮފް މޯލްޑިވްސް އިން ތައާރަފްކޮށްފައިވަނީ ކަސްޓަމަރުންނަށް ކޮންމެ ވަގުތަކު ކޮންމެތަނަކު ހުރެގެން ފަސޭހަކަމާއެކު ބޭންކިންގ ހިދުމަތް ފޯރުކޮށްދިނުމުގެ ގޮތުންނެވެ. ބޭންކުގެ 90 އިންސައްތަ ކަސްޓަމަރުން އިންޓަނެޓް ބޭންކިން ހިދުމަތް ބޭނުންކުރެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355