twitterviber whatsapp telegramfacebookyoutube instagram
29th September 2023

ޕާކިސްތާނުގެ ސަފީރު ކުޅުދުއްފުއްޓަށް ވަޑައިގެންފި

އަބްދުލް ވާހިދު ޙަސަން
Jun 1, 2022

ރާއްޖޭގައި ހުންނަވާ ޕާކިސްތާނުގެ ސަފީރު ވައިސް އެޑްމިރަލް (ރިޓަޔާޑް) އާތިރު މުޚުތާރު، ކުޅުފުއްފުށި ސިޓީއަށް ވަޑައިގަންނަވައިފި އެވެ.

ޕާކިސްތާނުގެ ސަފީރު މިއަދު ހެނދުނު ކުޅުދުއްފުއްޓަށް ވަޑައިގަތުމުން އެއާޕޯޓުން އެ މަނިކުފާނަށް މަރުހަބާ ދެންނެވީ މޭޔަރު މުހައްމަދު އާތިފް އާއި މެމްބަރުން އަދި ސެކެޓްރީ ޖެނެރަލެވެ.

ސަފީރުގެ އިސްނެންގެވުމަށް، ދެ ދުވަހުގެ މުއްދަތަށް ކުރައްވާ މިދަތުރުފުޅުގައި ސިޓީ ކައުންސިލާއި އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާ ބައްދަލުކުރާނެ އެވެ.

އަދި މީގެ އިތުރުން ތައުލީމީ ދާއިރާގެ ފަރާތްތަކާއި ސިއްހީ ދާއިރާގެ ފަރާތްތަކާވެސް ފާކިސްތާނު ސަފީރު ބައްދަލުކުރައްވާނެ އެވެ. މިދަތުރުފުޅު ނިންމާލެއްވުމަށްފަހު އެމަނިކުފާނު މި ސިޓީން ފުރާ ވަޑައިގަންނަވާނީ މާދަމާ ހެނދުނު އެވެ.

މިދިޔަ އަހަރު އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެރޮން ރޮސްލަރވެސް ވަނީ ކުޅުދުއްފުއްޓަށް ވަޑައިގަންނަވާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355