twitterviber whatsapp telegramfacebookyoutube instagram
17th August 2022

ބީއެމްއެލްގެ އިންޓާންޝިޕް ޕްރޮގްރާމްގައި ބައިވެރިވާން ހުޅުވާލައިފި

ނަބީލާ އިސްމާޢީލް
Jun 28, 2022

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރިއަށް ގެންދާ ގްރެޖުއޭޓް އިންޓާންޝިޕްގެ މި އަހަރުގެ ޕްރޮގްރާމުގައި ބައިވެރިވުުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެއެގޮތުން އެއް އަހަރު މި އިންޓާންޝިޕް ޕްރޮގްރާމް ތެރޭގައި ތަމްރީންވަމުންދާއިރު، އެލަވެންސްގެ ގޮތުގައި މަހަކު 6،000ރ. ލިބޭނެއެވެ. އަދި ރޯދަ މަހުގެ ބޯނަސް ލިބޭއިރު، އެ އަހަރު ތެރޭގައި އަހަރީ ޗުއްޓީގެ ގޮތުގައި 15 ދުވަސް ލިބޭނެއެވެ. އަދި 10 ދުވަހުގެ އެމާޖެންސީ ލީވްއެއް ލިބޭނެއެވެ.

ޕްރޮގްރާމް ފެށުމުގެ ކުރިން ހާސިލްކުރަން ޖެހޭ ލަނޑުދަނޑިތައް ކިޔައިދޭނެ ކަމަށާއި ކޮންމެ އިންޓާނަކަށް ވެސް ލައިން މެނޭޖަރަކާ އެކު ތަޖުރިބާކާރު އެހީތެރިއެއް އައްޔަންކުރާނެ ކަމަށް އެ ބޭންކުން ބުންޏެވެ.

މި ޕްރޮގްރާމްގައި ބައިވެރިވެވޭނީ 18 އަހަރުން މަތީ ދިވެހިންގެ ތެރެއިން ޑިޕްލޮމާ ނުވަތަ އެއަށްވުރެ މަތީގެ ސެޓްފިކެޓެއް އޮތް ދަސްވެނިން ނުވަތަ އެ ލެވެލްތަކަށް ކިޔަވަމުން އަންނަ ދަރިވަރުންގެ ތެރެއިން އެ ދާއިރާއިން އެއް އަހަރުދުވަހުގެ ތަޖުރިބާ ނެތް މީހުންނަށް އެކަންޏެވެ.

އިންޓާންޝިޕް ފުރިހަމަކުރާ ބައިވެރިންގެ ވަޒީފާގެ ޕާފޯމެންސް، ހާޒިރީ އަދި ބޭންކުގެ ސިޔާސަތުތަކާއި ގަވައިދުތަކަށް ދޭ ސަމާލުކަމަށް ބަލާ ޕްރޮގްރާމް ފުރިހަމަކުރިކަމުގެ ސެޓްފިކެޓް ލިބޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

ޕްރޮގްރާމްގައި ބައިވެރިވާން ޝައުގުވެރިވާ ނަމަ އަންނަ މަހުގެ 10 ވަނަ ދުވަހުގެ ކުރިން ބީއެމްއެލް ވެބްސައިޓް މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެ އެވެ.

މި ޕްރޮގްރާމަކީ 2018 ވަނަ އަހަރުން ފެށިގެން ބީއެމްއެލް އިން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މިހާތަނަށް 45 ވަރަކަށް އިންޓާނުން އެ ޕްރޮގްރާމުގައި ބައިވެރިވެފައިވާއިރު އޭގެތެރެއިން ގިނަ އިންޓާނުން މިހާރު ތިބީ ބީއެމްއެލްގެ ދާއިމީ ވަޒީފާގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355