twitterviber whatsapp telegramfacebookyoutube instagram
26th April 2024

ޓްރީ ޓޮޕުން ނަފްސާނީ ބަލިތަކަށް ޑިޕާޓްމެންޓެއް

Jul 2, 2022

ނަފްސާނީ ބަލިތަކަށާއި އެފަދަ ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުންނަށް ހާއްސަ ޑިޕާޓްމެންޓެއް ޓްރީ ޓޮޕް ހޮސްޕިޓަލުން ތައާރަފްކޮށްފިއެވެ.

ޓުރީޓޮޕް ހޮސްޕިޓަލުން އެ ޑިޕާޓްމެންޓު ތައާރަފް ކޮށްފައި ވަނީ މުޖުތަމައުގައި އެ ބައްޔަށް ފަރުވާ ބޭނުންވެފައިވާ މީހުންގެ އާބާދީ އިތުރުވެފައި ވާތީ، ފަރުވާ ބޭނުންވާ މީހުންނަށް ފަސޭހަކަމާ އެކު އެ ފަރުވާ ފޯރު ކޮށްދިނުމަށެވެ. އަދި މުޖުތަމައުގެ ދުޅަހެޔޮ ކަމަށާއި، އެހީ ބޭނުންވާ މީހުންނަށް އެހީ ހޯދުމަށް އިތުރު ހިތްވަރެއް ދިނުމަށެވެ.

އެ ހޮސްޕިޓަލުގެ ނަފްސާނީ ބަލިތައް ބެލުމަށް އެންމެ އިސްކޮށް ހުންނަވާނީ ކޮންސަލްޓަންޓް ސައިކިއޭޓްރިސްޓް، ޑރ. މުހައްމަދު އިއްސުއްދީނެވެ.

ޑރ. އިއްސުއްދީން ފަރުވާދިނުމުގައި ހާއްސަވާ ދާއިރާތަކަކީ، މުސްކުޅި އުމުރުފުރާގެ ނަފްސާނީ ބަލިތައް، ކުޑަކުދިންގެ ނަފްސާނީ ބަލިތައް، ޑިޕްރެޝަން، ހާސްވުމާއި ކަންބޮޑުވުން، އަދި ޖިންސީ ގުޅުން ހިންގުމަށް ދިމާވާ އުނދަގޫތަކަށެވެ. އިއްސުއްދީން އަކީ ކޮލިކޯޑް މެޑިކަލް ކޮލެޖުން އެމްބީބީއެސް ހާސިލް ކުރައްވައި، ކޮޓަޔަމް ސަރުކާރު މެޑިކަލް ކޮލެޖުން އެމްޑީ ހާސިލް ކޮށްފައިވާ ޑޮކްޓަރެކެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ، އަލަށް ތައާރަފް ކުރި ޑިޕާޓްމެންޓާ އެކު އެ ހޮސްޕިޓަލްގެ ހިދުމަތްތައް ފުޅާވެ އިތުރަށް ފުރިހަމަވެގެން ގޮސްފައިވާ ކަމަށެވެ. އަދި މުޖުތަމައުގައި ފަރުވާ ބޭނުންވާ ފަރާތްތަކުގެ އާއިލާ އިންނާއި ރަހުމަތްތެރިން، އެ ފަރާތްތަކުން ފަރުވާ ހޯދުމަށް ހިތްވަރު ދިނުމަށް ވެސް އެ ހޮސްޕިޓަލުން ވަނީ އެދިފައެވެ. ޓްރީ ޓޮޕުން ބުނީ، އެ ޑިޕާޓްމެންޓުން ނަފްސާނީ ބަލިތަކަށް ޑައިގްނޯސް ކުރުމާއި، އެކި ބަލަިތަކަށް ބޭނުންވާ އެކި ކަހަލަ ތެރަޕީތައް ލިބެން ހުންނާނެ ކަމަށެވެ.

ޓްރީ ޓޮޕްގެ ޚިދުމަތްތަކާ ބެހޭ އިތުރު މައުލޫމާތު 3351610އަށް ގުޅުމުން ނުވަތަ [email protected] އަށް އީމެއިލް ކުރުމުން ލިބޭނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355