twitterviber whatsapp telegramfacebookyoutube instagram
25th April 2024

މޯލްޑިވިއަން އޭވިއޭޝަން އެކަޑެމީ ހިންގުމުގެ ހުއްދަ ދީފި

ނަބީލާ އިސްމާޢީލް
Jul 4, 2022

"މޯލްޑިވިއަން ފްލައިން އެކަޑަމީ" ހިންގުމުގެ ހުއްދަ ސިވިލް އެވިއޭޝަން އޮތޯރިޓީން ދީފިއެވެ.

އައިލެންޑް އޭވިއޭޝަނުން ބުނީ މޯލްޑިވިއަން ފްލައިން އެކަޑަމީ ގާއިމްކޮށް ހިންގުމަށް ބޭނުންވާ ހުރިހާ މަސައްކަތެއް ފުރިހަމަކޮށް ސިވިލް އެވިއޭޝަން އޮތޯރިޓީން ހަދަންޖެހޭ އިންސްޕެކްޝަން ހަދައި ނިމި، ސްކޫލް ހިންގުމުގެ ހުއްދަ އިއްޔެ ދީފައިވާ ކަމަށެވެ.

މޯލްޑިވިއަން އޭވިއޭޝަން އެކަޑެމީއަކީ އައިލެންޑް އޭވިއޭޝަން ސާވިސްއާއި ޗެކްރިޕަބްލިކްގެ ފްލައިޓް ޓްރެއިނިން ސްކޫލެއް ކަމުގައިވާ ފްލައިން އެކެޑެމީއާ ގުޅިގެން ގާއިމްކުރަމުންދާ ފްލައިން ޓްރެއިނިން ސްކޫލެކެވެ.

އަންނަ ހޮނިހިރު ދުވަހު ދަރިވަރުންގެ ފްލައިން ފެށުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ޕައިލެޓް ޓްރެއިނިން ހަދަމުންދިޔަ އެންމެ ފަހު ބެޗްގެ ދަރިވަރުން ހިމެނޭ، ރިފްރެޝާ ޕްރޮގްރާމް ނިންމާފައިވަ 35 ދަރިވަރުންގެ ފްލައިން ފަށާނެއެވެ. ދެވަނަ ބެޗްގެ 39 ދަރިވަރުންގެ ރިފްރެޝާ ޕްރޮގްރާމް މިހާރު ފެށިގެން ކުރިއަށް އެބަ ދެއެވެ. ފުރަތަމަ ބެޗްގެ ދަރިވަރުންގެ ފްލައިން ނިމެމުންދާ ވަރަކުން ދެވަނަ ބެޗްގެ ދަރިވަރުންގެ ފްލައިން ފަށާނެއެވެ.

މޯލްޑިވިއަން އޭވިއޭޝަން އެކެޑެމީއަކީ ޗެކްރިޕަބްލިކްގެ، ފްލައިން އެކެޑެމީއާއި ގުޅިގެން ގާއިމްކުރެވޭ ސްކޫލެއްކަމުގައިވާތީ، މޯލްޑިވިއަން އޭވިއޭޝަން އެކެޑެމީ ހިންގަމުން ގެންދާނީ މޯލްޑިވްސް ސިވިލް އޭވިއޭޝަންގެ ގަވާއިދުތަކުގެ އިތުރުން ޔޫރަޕިއަން އޭވިއޭޝަން ސޭފްޓީ އެޖެންސީ (އިއާސާ) ސްޓޭންޑާޑް ތަކާ އެއްގޮތަށެވެ.

މިއީ ރާއްޖޭގައި ދިވެހި ކުންފުނިތަކަކުން ގާއިމުކޮށްގެން ހިންގާ ފުރަތަމަ ފްލައިން ސުކޫލެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355