twitterviber whatsapp telegramfacebookyoutube instagram
10th September 2026

އޯލް ތައިލެންޑް މުބާރާތުގައި ދީމާގެ ޕެއާއަށް ޗެމްޕިއަންކަން

ޚަދީޖާ އާދަމް
Jul 16, 2022

އޯލް ތައިލެންޑް މުބާރާތުގެ 19 އަހަރުން ދަށުގެ ޑަބަލްސް ޗެމްޕިއަންކަން ފާތިމަތު ދީމާ އަލީ ހިމެނޭ ޕެއާ ހޯދައިފި އެވެ. ދިމާއާއެކު ޕެއާ ހެދީ ތައިލެންޑްގެ ފަންގް ނަމަކަށް ކިޔާ ކުޅުންތެރިޔެކެވެ.

މިމުބާރާތުގެ 15 އަހަރުން ދަށުގެ ޑަބަލްސް ޗެމްޕިއަންކަން ވެސް މި ދެ ކުޅުންތެރިން މިދިޔަ ޖެނުއަރީ މަހު ހޯދާފައިވެ އެވެ. އޯލް ތައިލެންޑް މުބާރާތުގައި 15 އަހަރުން ދަށުގެ ސިންގަލްސް ބައިގެ ސެމީ ފައިނަލަށާއި 17 އަހަރުން ދަށުގެ ކުއާޓާ ފައިނަލަށް ވެސް ދީމާ ދަތުރުކޮށްފައިވެ އެވެ.

ރާއްޖޭގެ އެންމެ މޮޅު ޓީޓީ ކުޅުންތެރިޔާ ދީމާ ވަނީ ރާއްޖޭގައި މިދިޔަ މެއި ބޭއްވި ދެކުނު އޭޝިއާ ޖޫނިއާ އަދި ކެޑޭޓް ޗެމްޕިއަންޝިޕްގެ ކެޑޭޓް ބައިން ރިހި މެޑަލް ހޯދާފައެވެ.

ތައިލެންޑްގައި ދީމާ މިހާރު ތަމްރީން ހަދަމުންދަނީ މި މަހު ފަށާ ކޮމަންވެލްތު ގޭމްސްގައި ވާދަ ކުރުމަށެވެ. މިމުބާރާތުގައި ވާދަކުރާ ދިވެހި ޓީމުގެ އެހެން ކުޅުންތެރިން ވަނީ ކްރޮއޭޝިއާ އަށް ދަތުރުކޮށް 10 ދުވަހުގެ ތަމްރީންތައް އެގައުމުގައި ފުރިހަމަކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293