twitterviber whatsapp telegramfacebookyoutube instagram
25th October 2026

ހދ އަތޮޅު ވޮލީ މުބާރާތް: ފިރިހެން 7 ޓީމު، އަންހެން 7 ޓީމު

މުޙައްމަދު އަހުމަދު
Oct 10, 2022

ހދ އަތޮޅު ކައުންސިލް ވޮލީ މުބާރާތް 2022 މިއަދު ހދ. ނޮޅިވަރަންފަރުގައި ފެށުމަށް ހަމަޖެހިފައިވާއިރު މިމުބާރާތުގައި ދެ ޖިންސު އެއްކޮށް ޖުމްލަ 14 ޓީމެއް ވާދަކުރެ އެވެ.

އެއީ ފިރިހެން 7 ޓީމާ އަންހެން 7 ޓީމެވެ. އަންހެން އަދި ފިރިހެން ދެ ޑިވިޝަނަށް ބަހާލައިގެން ކުޅޭ މިމުބާރާތް ކުރިއަށްދާނީ ވޮލީ އެސޯސިއޭޝަނުގެ ގަވައިދުތަކުގެ ދަށުންނެވެ.

ނޮޅިވަރަންފަރުން މިމުބާރާތް ހޯސްޓްކުރާއިރު މުބާރާތުގައި ރަށުން ބޭރުން ކޮންމެ ޓީމަކަށް ޖެހެނީ 2 ކުޅުންތެރިންނެވެ. އަދި އެއް ވަގުތެއްގައި ކުޅެން އެރޭނީ އެއް ކުޅުންތެރިއަކަށެވެ.

ފިރިހެން ޑިވިޝަން ދެ ގްރޫޕަކަށް ބަހާލައިގެން ކުޅޭއިރު ގްރޫޕް އޭގައި ހިމެނެނީ ނޮޅިވަރަންފަރު އެސްސީއާއި ޓީމް ފިނޭ އަދި ޓީމް ހަނިމާދޫގެ އިތުރުން ވައިކަރަދޫ ވޮލީ ޓީމެވެ. ގްރޫޕް ބީގައި ނޮޅިވަރަމް ސީއެސްއާރާއި އެއްކޮށް ވާދަކުރާނީ ޓީމް ނައިވާދޫ އަދި ޓީމް ހިރިމަރަދޫ އެވެ.

އަންހެން ޑިވިޝަން ވެސް ދެ ގްރޫޕަކަށް ވަނީ ބަހާލާފަ އެވެ. ގްރޫޕް އޭގައި ހިމެނެނީ ލައިކަން (ނޮޅިވަރަންފަރު)، ޓީމް ހަނިމާދޫގެ އިތުރުން ޓީމް ނޭކުރަންދޫއާއި ނޮޅިވަރަމް ސީއާރުސީ އެވެ. ގްރޫޕް ބީގައި ހިމެނެނީ 3 ޓީމެވެ. އެއީ ޓީމް ހިރިމަރަދޫއާއި ނައިވާދޫގެ އިތުރުން ފިނޭ އެވެ.

އަންހެން ޑިވިޝަންގެ މެޗުތައް ހަވީރު ހަތަރެއް ޖަހާއިރު ކުޅެވޭއިރު ފިރިހެން ޑިވިޝަނުގެ މެޗުތައް ކުޅެވޭނީ ރޭގަނޑު 20:30 ގަ އެވެ. ދެޑިވިޝަނުގެ މެޗުތައް ވެސް ނޮޅިވަރަންފަރު ވޮލީ ކޯޓުގައި ކުޅުމަށް ހަމަޖެހިފައިވާއިރު މިމުބާރާތަކީ ފޯރިގަދަ އަދި އެހާމެ ވާދަވެރި މުބާރާތަކަށް ވެގެންދާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293