twitterviber whatsapp telegramfacebookyoutube instagram
26th April 2024

ކުޅުދުއްފުށީ ޗެމްޕިއަންޝިޕް ބާއްވާ ތާރީހު ފަސްކޮށްފި

ނަބީލާ އިސްމާޢީލް
Dec 1, 2022
1

ކުޅުދުއްފުށީ ޗެމްޕިއަންޝިޕްގެ ނަމުގައި ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ ބޮޑު ފުޓްބޯޅަ މުބާރާތް ކުރިން ބާއްވަން ތާވަލުކޮށްފައިވާ ތާރީހު ފަސްކޮށްފި އެވެ. ކައުންސލުން ކުރިން އެ މުބާރާތް ބާއްވަން ތާވަލްކޮށްފައިވަނީ މި މަހު 2 ވަނަ ދުވަހު އެވެ.

ކޭއޯއަށް މައުލޫމާތި ދެއްވަމުން ޑެޕިއުޓީ މޭޔަރު އަލީ އަހުމަދު ވިދާޅުވީ މުބާރާތް އޮންނަ ތާރިހު މިހާރު ވަނީ ބަދަލުވެފައި ކަމަށާއި ދެން މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 6 ވަނަ ދުވަހު ކަމަށެވެ.

އަދި މުބާރާތް ފަސްކޮށްފައިވަނީ ކުރިން ޕްލޭންކުރެވިފައި ނެތް، ރޯހައުސްތަކާއި ގުޅިގެން ޕްލޭނިންގ މިނިސްޓްރީން ބާއްވަން ހަމަޖެހިފައިވާ އިވެންޓަކާއި ގުޅިގެން ކަމަށެވެ.

ޗެމްޕިއަން ތީމަށް 50000 ރުފިޔާގެ އިނާމެއް އަދި ރަނަރއަޕް ޓީމަށް 10000 ރުފިޔާގެ ފައިސާގެ އިނާމު ހުށަހެޅިފައިވާ މި މުބާރާތުގައި ބައިވެރިވާ ހުޅުވާލި މުއްދަތު ހަމަވިއިރު މުބާރާތުގައި ބައިވެރިވެފައިވަނީ 5 ޓީމަކުންނެވެ.

ބައިވެރިވެފައިވާ ޓީމުތަކަކީ ސޮސައިޓީ ފޯ ކުޅުދުއްފުށީ ޔޫތް (ސްކައި)، ކުލަބް ކޮރަލް، ޒިގްޒެގް ފޯރ ޔޫތް ލިންކޭޖްގެ އިތުރުން ކުޅުދުއްފުށީ އެކުވެރިންގެ ދިރުން އަދި މާއްޓޭ ސްޕޯޓްސް އެވެ.

ކުޅުދުއްފުށި ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ މިމުބާރާތުގެ މަގްސަދަކީ ކުޅުދުއްފުށީގައި ކޮންމެ އަހަރަކުވެސް ގަވައިދުން ކުރިޔަށްދާނެ، ފެންވަރު ރަނގަޅު ފުޓުބޯޅަ މުބާރާތެއް ބޭއްވުމުގެ އިތުރުން ކުޅުދުއްފުށިގެ ޒުވާނުންނަށާއި ފުޓްބޯޅަ ކުޅުމަށް ލޯބިކުރާ އެންމެހާ ފަރާތަތަކަށް މުބާރާތެއްގައި ވާދަކުރުމުގެ ފުރުސަތު ހޯދައިދިނުން ކަމަށް އެ ކައުންސިލުން ބުނެ އެވެ.

މިއީ މިގޮތަށް ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ ފުރަތަމަ ފުޓްބޯޅަ މުބާރާތެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355