twitterviber whatsapp telegramfacebookyoutube instagram
19th April 2024

72 ރައިޑަރުންނާއެކު ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ޑްރެގް އިވެންޓް ކުޅުދުއްފުށީގައި

މުޙައްމަދު އަހުމަދު
Dec 26, 2022
1

72 ރައިޑަރުންނާއެކު ކުޅުދުއްފުށީ މޮޓޯ ސްޕޯޓްސް (ކޭއެމްއެސް) އަދި ކުޅުދުއްފުށީ ސިޓީ ކައުންސިލް ގުޅިގެން ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ޑްރެގް އިވެންޓް ކުޅުދުއްފުށީގައި ބޭއްވުމަށް ތައްޔާރު ވެއްޖެ އެވެ.

މިފަހަރު ކޭއެމްއެސްއިން ބާއްވާ ޑްރެގް އިވެންޓް އެތައް ގޮތަކުން ހާއްސަވެގެންދެ އެވެ. އެންމެ ގިނަ ރައިޑަރުން ވާދަކުރާ ރާއްޖޭގެ އެންމެ ބޮޑު އިވެންޓްގެ އިތުރުން މިފަހަރުގެ އިވެންޓްގައި ރާއްޖޭގައި މުޅިން އަލަށް ހެވީވެއިޓް ކެޓަގަރީގެ ރޭސްތަކެއް ވެސް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފަ އެވެ.

ޖުމްލަ 72 ރައިޑަރުން ބައިވެރިވާ މިއިވެންޓްގައި ޖުމްލަ 10 ކެޓަގަރީއެއްގެ ރޭސްތައް ކުރިއަށްދާނެ އެވެ.

ކެޓަގަރީތަކާއި ރައިޑަރުންގެ އަދަދު:

  • 125 ސީސީ ޕްރޯ ޑްރެގް: 12 ރައިޑަރުން
  • 57 ސިލިންޑާ: 22 ރައިޑަރުން
  • އަންހެނުންގެ 57 ސިލިންޑާ: 7 ރައިޑަރުން
  • 110 - 120 ސީސީ ޕްރޯ ޑްރެގް: 7 ރައިޑަރުން
  • އޮޓޯ އޯޕަން އިވެންޓް: 20 ރައިޑަރުން
  • އަންހެނުންގެ އޯޕަން އިވެންޓް: 7 ރައިޑަރުން
  • 135 ސީސީ ޕްރޯ ޑްރެގް: 18 ރައިޑަރުން
  • 150 ސީސީ ޕްރޯ ޑްރެގް: 15 ރައިޑަރުން
  • ރޯޑް ކިންގް އިވެންޓް: 43 ރައިޑަރުން
  • ހެވީ ވެއިޓް އިވެންޓް: 17 ރައިޑަރުން

މިފަހަރުގެ ރޭހުގައި ވާދަކުރާ ޓީމުތައް:

  • ޕްރޮޖެކްޓް ބީ
  • އޮރި މޮޓޯސް
  • ޑެޑް - އިންޑިވިޖުއަލް
  • އެތޯ މިތޯ
  • ބަތާނާ ރޭސިންގ ޓީމު
  • އަމްޖު - އިންޑިވިޖުއަލް
  • ދޮން އިބްރާހިމް ރޭސިންގ ޓީމު
  • ހިލްމީ - އިންޑިވިޖުއަލް
  • ވަން ބްލަޑް ރޭސިންގ ޓީމު
  • އާމަގު ރޭސިންގ ޓީމު
  • ނަޒީހު - އިންޑިވިޖުއަލް
  • އަނަސް - އިންޑިވިޖުއަލް
  • ފެލްކަން މޮޓޯސް
  • ކޭސީ - އިންޑިވިޖުއަލް
  • މެގްމާ ރޭސިންގ ޓީމު
  • ބީސްޓް ކްރޫ
  • އަބްދުﷲ - އިންޑިވިޖުއަލް
  • ނަބީލް - އިންޑިވިޖުއަލް
  • ޓީމު ރަންނަމާރިއަންސް
  • ޔާންޓެ - އިންޑިވިޖުއަލް
  • އައިއްކޮ - އިންޑިވިޖުއަލް
  • އަފްތީމް - އިންޑިވިޖުއަލް
  • ވިގަނި ރޭސިންގ
  • ސްޓްރީޓް ކިންގް ރައިޑާސް
  • އެކްސްޓްރީމް އަންލީޝްޑް
  • ބޮޑޭ - އިންޑިވިޖުއަލް

މިއީ ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ޑްރެގް އިވެންޓަށް ވެގެންދާއިރު މިއިވެންޓް ކުރިއަށް ދާނީ 30 އަދި 31 ޑިސެމްބަރު އެވެ. 30 ޑިސެމްބަރު ވަނަ ދުވަހުގެ 13:30 ގައި ރޭސް ފެށުމަށް ހަމަޖެހިފައިވާއިރު މިރޭހާއެކު ކުޅުދުއްފުށީގެ މޮޓޯ ސްޕޯޓްސްއަށް ގިނަ ކުރިއެރުންތަކެއް ލިބިގެންދާނެ އެވެ.

ކޭއެމްއެސްއިން ވަނީ މޮޓޯ ސްޕޯޓްސްއަށް ދޭ ސަޕޯޓަށް ކުޅުދުއްފުށީ ސިޓީ ކައުންސިލަށާއި ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނަށް ހާއްސަ ޝުކުރެއް އަދާކޮށްފަ އެވެ. މިއިވެންޓް ވެސް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ސިޓީ ކައުންސިލާއި ކޭއެމްއެސް ގުޅިގެންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355