twitterviber whatsapp telegramfacebookyoutube instagram
23rd October 2026

ނޮޅިވަރަމް ނިއު އިޔާ ކަޕުގެ ޗެމްޕިއަންކަން ހިރަފުހުން ހޯދައިފި

މުޙައްމަދު އަހުމަދު
Jan 12, 2023

ހދ ނޮޅިވަރަމުގައި ކުރިއަށް ގެންދިޔަ ނިއު އިޔާ ކަޕް 2023 ގެ ޗެމްޕިއަންކަން ނޮޅިވަރަމުގެ ޗަކުލީ ބަލިކޮށް ކުޅުދުއްފުށީ ހިރަފުސް ޓީމުން ހޯދައިފި އެވެ.

ޖުމްލަ ފަސް ޓީމުގެ މެދުގައި ކުޅެވުނު މިމުބާރާތުގެ ފައިނަލަށް ހިރަފުސް ދަތުރުކުރީ ސެމީގައި ކަންމަތި ބަލިކޮށްގެންނެވެ. އަދި ޗަކުލީ ފައިނަލަށް ދަތުރުކުރީ ތާވަލުގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. މީގެކުރިން މުބާރާތުގައި ހިރަފުހާއި ޗަކުލީ ބައްދަލުކުރި މެޗު ކާމިޔާބުކޮށްފައިވަނީ 3 - 0 ން ޗަކުލީންނެވެ.

ފައިނަލް މެޗުގައި ދެޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މެޗުގެ ފުރިހަމަ ވަގުތު ހަމަވީއިރު އޮތީ 1 - 1 ން އެއްވަރުވެފަ އެވެ. ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހާށެވެ. ހިރަފުހުން ވަނީ 6 - 5 ން ޕެނަލްޓީ ޝޫޓްއައުޓް ކާމިޔާބުކޮށް މުބާރާތުގެ ތަށި ހިއްލާލާފަ އެވެ. އަދި ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ހިރަފުހުގެ ޖޯޒީ ނަމްބަރު 1 ހައިޝަމް އެވެ.

މިމުބާރާތަކީ ނޮޅިވަރަމުގެ ދެ ޒުވާނުން އިސްނަގައިގެން ކުރިޔަށް ގެންދިޔަ މުބާރާތެއްކަން ފާހަގަކޮށްލެވެ އެވެ. މުބާރާތް ކުރިއަށް ދިޔައީ ނޮޅިވަރަމް ފުޓްބޯޅަ ދަނޑުގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293