twitterviber whatsapp telegramfacebookyoutube instagram
19th April 2024

27 އަހަރުވީ ހައި ޖަމްޕުގެ ގައުމީ ރެކޯޑް ޝައިމް މުގުރާލައިފި

މުޙައްމަދު އަހުމަދު
Feb 7, 2023

ފުވައްމުލަކުގައި ކުރިއަށްދާ އިންޓަރ ސްކޫލް އެތްލެޓިކްސް މީޓޫގައި އައްޑޫ ހައި ސްކޫލުގެ އައިޝަތު ޝައިމް އަޒީޒް 27 އަހަރުވީ ހައި ޖަމްޕުގެ އަންހެން ގައުމީ ރެކޯޑް މުގުރާލައިފި އެވެ.

އިއްޔެ 19 އަހަރުން ދަށުގެ އަންހެން ހައި ޖަމްޕްގެ ގައުމީ ރެކޯޑް ޝައިމް މުގުރާލީ 1.50 މީޓަރު މަތިން ފުންމައިގެންނެވެ. މީގެކުރިން މިރެކޯޑް އޮންނަނީ 1996 ވަނަ އަހަރު މާލޭގައި އޮތް އިންޓަރ ސްކޫލް މުބާރާތުގައި ވާދަކޮށް ރެކޯޑް ހެދި ރަނާ އަހްމަދު ސޯދިގު އަތުގަ އެވެ.

އޮންލައިން ނޫސް "އަދަދު" އަށް މައުލޫމާތު ދެއްވަމުން ޝައިމްގެ ކޯޗު ޔަސްމާން ސޯލިހު ބުނީ މުބާރާތުގައި ބައިވެރިވިއިރު ވެސް ޝައިމް ރެކޯޑު ހަދާނެކަމުގެ ޔަގީންކަން އޮތްކަމަށާއި އެއީ ޕްރެކްޓިސްގައި ވެސް ޝައިމްގެ ޕާސަނަލް ބެސްޓަށްވުރެ މައްޗަށް އޭނާ ފުންމި ކަމަށެވެ. އަދި ޕާސަނަލް ބެސްޓް އުޅެނީ ރެކޯޑަށްވުރެ ކުޑަ ތަންކޮޅެއް ތިރީގައި ކަމަށްވުމުން ރެކޯޑު ހަދާނެކަމުގެ އިތުބާރު އޮތް ކަމަށެވެ.

ޝައިމް ވަނީ ހައި ޖަމްޕުގެ ރަން މެޑަލްގެ އިތުރުން 22.58 މީޓަރަށް އުކައިގެން ޖެވެލިން އުކުމުން ވެސް އެއްވަނަ ހޯދާފަ އެވެ. މީގެއިތުރުން މިފަހަރުގެ އެތްލެޓިކްސް މީޓަށް ބަލާއިރު ގައުމީ ޓީމުގެ އެތްލީޓް އިބްރާހިމް ނާހިލް ނިޒާރު ވަނީ 100 މީޓަރު ސްޕްރިންޓުންނާއި ލޯންގް ޖަމްފުން އެއްވަނަ ހޯދާފަ އެވެ.

އަންހެން ބައިން 100 މީޓަރުން ޝަރަފުއްދީން ސްކޫލުގެ ހައްވާ މުޒްނާ ފާއިޒް އެއްވަނަ ހޯދިއިރު މިފަހަރުގެ މުބާރާތުގެ އިވެންޓްތައް އަންނަ ހުކުރާ ހަމައަށް ކުރިއަށްދާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355