twitterviber whatsapp telegramfacebookyoutube instagram
4th April 2026

އިންޑޯ 60 މީޓަރު ދުވުމުގެ ގައުމީ ރެކޯޑް އަހްނާ މުގުރާލައިފި

މުޙައްމަދު އަހުމަދު
Feb 11, 2023

މިހާރު ކުރިއަށްދާ 10 ވަނަ އޭޝިއަން އިންޑޯ އެތްލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކޮށް އިއްޔެ ކުޅުދުއްފުއްޓަށް އުފަން އެތްލީޓް އަހްނާ ނިޒާރު 60 މީޓަރު އިންޑޯ ދުވުމުގެ ގައުމީ ރެކޯޑް މުގުރާލައިފި އެވެ.

އޭޝިއަން އިންޑޯ ގޭމްސްގައި ވާދަކުރަމުން އަންނަ އަހްނާ މިރެކޯޑް މުގުރާލީ 7.89 ސިކުންތުން ދުވެގެންނެވެ. މިވަގުތު ރާއްޖޭގައި ހުރި ދެވަނައަށް އެންމެ ބާރު އެތްލީޓް އަންނަނީ ބައިނަލްއަގްވާމީ އަދި ގައުމީ ފެންވަރުގައި ވެސް ކުރިއެރުންތަކެއް ހޯދަމުންނެވެ.

މަކިޓާ ޖޫނިއާ އެތްލެޓިކްސް ޗެމްޕިއަންޝިޕުގެ އެންމެ މޮޅު އަންހެން އެތްލީޓުގެ މަގާމު ދާދިފަހުން އަހްނާ ހޯދިއިރު މާލޭގައި އޮތް އެސޯސިއޭޝަން ޗެމްޕިއަންޝިޕުގައި އަހްނާ ވަނީ ރާއްޖޭގެ އެންމެ ބާރު އަންހެން ދުވުންތެރިޔާ އައިޝަތު ހިމްނާ ހަސަން ކައިރިން ވިއްދާލާ އެރޭހުގެ ދެވަނަ ހާސިލްކޮށްފަ އެވެ.

އަހްނާ އިއްޔެ މިރެކޯޑް މުގުރާލި ނަމަވެސް ދިވެހި އެތްލީޓް މަރިޔަމް ރޫޔާ އަލީ ވަނީ އަނެއްކާ އަހްނާ ހެދި ރެކޯޑް މުގުރާލާ 60 މީޓަރު އިންޑޯ ދުވުމުގެ ރެކޯޑް އާކޮށްފަ އެވެ. ރޫޔާ ރޭސް ނިންމީ 7.66 ސިކުންތުންނެވެ. ރާއްޖޭގެ އަރަމުން އަންނަ މިދެއެތްލީޓުން ވެސް އަންނަނީ އުއްމީދީ ކުރިއެރުންތަކެއް ހޯދަމުންކަން ފާހަގަކޮށްލެވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355