twitterviber whatsapp telegramfacebookyoutube instagram
5th December 2025

ބުރު ކަޓުވާލާ އީގަލްސް ޕްރެޒިޑެންޓްސް ކަޕް ފައިނަލަށް ދަތުރުކޮށްފި

މުޙައްމަދު އަހުމަދު
Apr 27, 2023

ޕްރެޒިޑެންޓްސް ކަޕުގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި އިތުރު ވަގުތު ކުޅެގެން ކުލަބް އީގަލްސްއިން ބުރު ސްޕޯޓްސް ކުލަބް ބަލިކޮށް ފައިނަލުގެ ފުރަތަމަ ޖާގަ ޔަގީންކޮށްފި އެވެ.

އީގަލްސްއިން ބުރުގެ މައްޗަށް ކުރިހޯދީ 2 - 1 ންނެވެ. އިތުރުވަގުތުގެ ދެހާފް ކުޅެގެން އީގަލްސް މޮޅުވިއިރު އަންނަ އާދިއްތަ ދުވަހު އެޓީމުން ފައިނަލުގައި ނުކުންނަން ޖެހޭނީ މިރޭ ދެވަނަ ސެމީގައި ސަސް ބަލިކޮށް ފައިނަލަށް ދަތުރުކުރި މާޒިޔާއާ ދެކޮޅަށެވެ.

7 އަހަރަށްފަހު އީގަލްސްއިން ޕްރެޒިޑެންޓްސް ކަޕުގައި ކުޅޭއިރު އެޓީމުން ތިން ފަހަރެއްގެ މަތިން ފައިނަލުގައި ކުޅުނެވެ. އެޓީމުން ވަނީ 2016 ވަނަ އަހަރު ޓީސީ ސްޕޯޓްސް ކުލަބް ބަލިކޮށް މިމުބާރާތުގެ ތަށި ހިއްލާލާފަ އެވެ.

މިއަދު ހަވީރު ކުޅެވުނު ސެމީގައި ފުރަތަމަ ލީޑު ނެގީ ވެސް އީގަލްސްއިންނެވެ. 26 ވަނަ މިނެޓުގައި ކެޕްޓަން އަހްމަދު ރިޒްވާން (ރިޒޭ)ގެ ލަނޑުން އެޓީމުން ލީޑު ނެގި އެވެ. ބުރުން ނަތީޖާ ހަމަ ކުރީ 82 ވަނަ މިނެޓުގައި ބުރުގެ އައްމަޑޭއަށް އީގަލްސްގެ ސަމިއްޓެ ކުރި ފައުލަކުން ލިބުނު ޕެނަލްޓީއަކުންނެވެ.

މިޕެނަލްޓީ ބުރަށް ކާމިޔާބުކޮށްދިނީ އެޓީމުގެ މުހައްމަދު ތަޝްމީން (ތައްތި) އެވެ. އީގަލްސްއިން މެޗުން މޮޅުވި ލަނޑު އެޓީމަށް ޖަހައިދިނީ އިތުރު ވަގުތުގެ ފުރަތަމަ ހާފުގެ ކުރީކޮޅު އީގަލްސް ޒުވާން ކުޅުންތެރިޔާ ޒައިން ޒަފަރު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355