twitterviber whatsapp telegramfacebookyoutube instagram
20th April 2024

ބަނޑުހައިވެފައިވާ ކުއްތާއަކަށް ހެޔޮކޮށް ހިތިމީހެއްގެ ވާހަކަ

ހ.މ
May 2, 2023

އީރާނުގެ އަވަށެއްގައި އެއް އިރެއްގައި ދިރިއުޅުނު ވަރަށް ހެޔޮލަފާ މީހެކެވެ. އޭނާގެ ނަމަކަށް ކިޔަނީ މުޙައްމަދު މުޙައްމަދު ބަޤާރެވެ. މުޙައްމަދު ބަޤާރަކީ ދީނުގެ ކަންތައްތަކަށް ސަމާލުވެ އުޅުނު ހެޔޮ ރަނގަޅު މީހެކެވެ. އޭނާ ދިރިއުޅެމުން އައީ ނިކަމެތި ދިރިއުޅުމެކެވެ. މީރު ރަނގަޅު ކާނާއެއް ނުލިބެއެވެ. މުޙައްމަދު ބަޤާރު އަތުގައި މީރު ކާއެއްޗެއް ގަންނާނެ ލާރިއެއްވެސް ނުހުރެއެވެ. އެހެންކަމުން އޭނާ އައީ ލިބޭ އާދައިގެ އެއްޗެހިން ދިރިއުޅެމުންނެވެ.

އެއްދުވަހަކު، މުޙައްމަދު ބަޤާރު މީރު ކާއެއްޗެއް ކާހިތްވެއްޖެ އެވެ. ލިބޭ ކުޑަ ލާރިކޮޅުން ކުޑައެތިކޮޅެއް ރައްކާކޮށްގެން އެ ގަނެވޭނެގޮތް ހެދުމަށް އޭނާ މަސައްކަތް ފެށިއެވެ. ގޮންޖެހުންތަކާ ކުރިމަތިލަމުން ކެތްތެރިކަމާއެކު ކުރި ބުރަ މަސައްކަތުން ދުވަސްގަނޑަކަށްފަހު މީރު ކާއެއްޗެއް ގަނެލެވޭ ވަރަށް ލާރިކޮޅެއް އެއްކުރެވިއްޖެއެވެ.

މުޙައްމަދު ބަޤާރު އުފަލުން އަވަހަށް އެގަތުމަށް ދިޔައެވެ. ޖަމާކުރި ލާރިން ގަނެލެވޭ އެންމެ މީރު ކާނާ ބާޒާރުން މުޙައްމަދު ބަޤާރު ގަތެވެ. އަދި އެ ހިފައިގެން ގެޔަށް ދިޔުމަށް ހިނގައިގަތެވެ. އައި މަގުމަތީ، ފަޅުގެއެއް ކައިރީގައި ކުއްތާއެއް އޭގެ ދަރިންތަކާއެކު އޮއްވާ ފެނުނެވެ. ވަރުދެރަވެ، ކާނެ އެއްޗެއްގެ ބޭނުމުގައި ތިބި ނިކަމެތިވެފައިވާ އެ ކުދި ކުއްތާތަށް ފެނުމުން، މުޙައްމަދު ބަޤާރު ހިތުގައި ރަޙުމް އުފެދުނެވެ. އަދި އޭނާ ބުރަ މަސައްކަތުން ހޯދި މީރު ކާ އެތިކޮޅު އެ ކުއްތާތަކަށް ކޮށާލާފައި ކާންދިނެވެ.

އެ އެއްޗެހި އޭނާއަށް ޝުކުރު ކުރާ ފަދައިން އިޝާރާތް ކުރިއެވެ. އެތަކެއްޗެއް ކާން ދިނުމަށްފަހު، މުޙައްމަދު ބަޤާރު އުފަލުންހުރެ ގެއަށް ދިޔައެވެ. އަދި އަމިއްލަ ބޭނުމަށް ގަތް މީރު ކާއެތިކޮޅުންވެސް ޞަދަޤާތް ކުރެވުމުގެ މައްޗަށް އުފާކުރާ ޙާލު އެރޭ ނިދިއެވެ.

މިހާދިސާއަށްފަހު މުޙައްމަދު ބަޤާރު ޙަޔާތަށް ބާއްޖަވެރިކަމާ ތިޔާގިކަން އަންނަމުން ދިޔައެވެ. ދުވަހެއް ދުވަހަކަށް އޭނާގެ ދިރިއުޅުމަށް ލުއިފަސޭކަމާ މުއްސަނދިކަން ލިބެމުން ދިޔައެވެ. މީހަކަށްވިޔަސް އަދި ދިރޭ ކޮންމެ އެއްޗަކަށް ވިޔަސް ހެޔޮކޮށް ހިތުމުގެ ފައިދާ ކިތަންމެހާވެސް ބޮޑެވެ.

އާއެކެވެ. ދިރޭ ތަކެއްޗަށް ހެޔޮކޮށް ހިތުމަކީ އެތައް ސަވާބަކާއި ދަރުމަޔެއް ލިބޭ ކަމެކެވެ. ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމްއަށް ޞަޙާބީން ދެންނެވިއެވެ.

"އޭ ﷲގެ ރަސޫލާ އެވެ! ހަމަކަށަވަރުން ޖަނަވާރުންނަށް ހެޔޮކޮށް ހިތުމުގެ ސަބަބުން އަޅުގަނޑުމެންނަށް އަޖުރު (ޘަވާބު) ލިބެނީ ތޯއެވެ؟ ޙަދީސް ކުރެއްވިއެވެ. (ތިޔަބައިމީހުން ހެޔޮކޮށްހިތާ) ދިރޭ ކޮންމެ އެއްޗެއްގެ ފުށުން ތިޔަބައިމީހުންނަށް އަޖުރު ލިބޭ ހުއްޓެވެ." (ބުޚާރީ އާއި މުސްލިމް)

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355