twitterviber whatsapp telegramfacebookyoutube instagram
8th November 2026

ޖެހިޖެހިގެން 40 ރޭ ފަތިސް ނަމާދުގެ ޖަމާއަތުގައި ބައިވެރިވި ކޮންމެ ކުއްޖަކަށް އިމާމު ދެއްވީ ބައިސްކަލެއް

މުޙައްމަދު އަހުމަދު
Sep 11, 2024

ހއ އިހަވަންދޫ، ތައާވުން މިސްކިތުގެ އިމާމް ހުސެއިން ރަޝީދު އިސްނެގުމުގެ މަތިން، 40 ދުވަސްވަންދެން ޖަމާއަތަށް ފަތިސް ނަމާދަށް ދިޔަ 38 ކުދިންނަށް ބައިކަލްދީފި އެވެ.

ކުޑަކުދިންގެ ހިތްތަކުގައި ނަމާދަށް ލޯބި ޖެއްސުމަށް ހިންގި މިހަރަކާތުގައި ނިންމާ ކުދިންނަށް ބައިސްކަލް ހަދިޔާކުރީ ރޭ އިޝާ ނަމާދަށްފަހު މިސްކިތުގައި ބޭއްވި ހާއްސަ ހަފުލާއެއްގަ އެވެ.

އިމާމު ހުސައިން ރަޝީދު ވިދާޅުވީ، ކުރިއަށް އޮތް ތަނުގައިވެސް ދީނީ ކަންތައްތަކަށް ދަރިވަރުން ލޯބި ޖެއްސުމަށް މިފަދަ ޕްރޮގްރާމްތަކެއް ހިންގަން ނިންމާފައިވާ ކަމަށެވެ.

އެހަރަކާތުގައި 64 ކުއްޖަކު ބައިވެރިވި ނަމަވެސް ޖެހިޖެހިގެން 40 ދުވަސް ވަންދެން ޖަމާއާތުގައި ފަތިސް ނަމާދުކޮށް އެހަރަކާތް ފުރިހަމަ ކުރެވުނީ 38 ކުއްޖަކަށެވެ.

ޖަމާއަތުގައި ފަތިސް ނަމާދަށް އައުމަށް ބާރުއެޅުމުގެ ގޮތުން ކުރިއަށް ގެންދިޔަ އެ ހަރަކާތުގައި ކުދިންނަށްނަށް ނަމާދުކުރަން ދަސްކޮށްދިނުމުގެ އިތުރުން ދީނީ މަޢުލޫމާތު ދިނުންވެސް ކުރިޔަށް ގެންދިޔަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293