twitterviber whatsapp telegramfacebookyoutube instagram
9th September 2026

ސްކައި ބީޗް ޗެލެންޖުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

މުޙައްމަދު އަހުމަދު
May 31, 2023

ސޮސައިޓީ ފޯ ކުޅުދުއްފުށީ ޔޫތް (ސްކައި)އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ސްކައި ބީޗް ޗެލެންޖް 1444 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލިކަން އިއުލާނުކޮށްފި އެވެ.

ގަވައިދުން ސްކައި އިން ބާއްވަމުން އަންނަ މިމުބާރާތް މިދިޔަ އަހަރު ވެސް ވަނީ ވަރަށް ފޯރިގަދަކަމާއެކު ބާއްވާފަ އެވެ. އެންމެފަހުން ބޭއްވި ބީޗް ޗެލެންޖުގެ ޗެމްޕިއަންކަން ހޯދާފައިވަނީ އެފްސީ ބޭލާއިންނެވެ.

މުބާރާތުގައި ރެޖިސްޓަރވެވޭނީ އަންނަ ޖޫން މަހުގެ 11 އާއި 15 އާ ދޭތެރޭގަ އެވެ. މިމުބާރާތަކީ ކޮންމެ އަހަރެއްގެ ބޮޑު އީދާ ދިމާކޮށް ސްކައިއިން ބާއްވަމުން ބީޗް ފުޓްބޯޅަ މުބާރާތެކެވެ. މިފަހަރުގެ މުބާރާތުގައި ބައިވެރިވެވޭނީ 16 ޓީމަށެވެ. މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އީދު ފުރަތަމަ ދުވަހު އެވެ.

މިމުބާރާތަކީ ހަމައެކަނި ފިރިހެނުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ. މިދިޔަ އަހަރު ވެސް މިމުބާރާތް ފޯރިގަދަކަމާއެކު ކުރިއަށް ގެންގޮސްފައިވާއިރު މުބާރާތަށް ގިނަ ބައެއްގެ ތަރުހީބު ވެސް ވަނީ ލިބިގެން ގޮސްފަ އެވެ.

އީދުގެ އުފަލުގައި ބޭއްވޭ މިމުބާރާތް ބަލާލުމަށް ކުދިބޮޑު އެތައް ބައެއް ޖަމާވެ އެވެ. މިމުބާރާތް ކުރިއަށްދާނީ ރަށްމަތިފަންނު ސަރަހައްދުގައި ހެދިފައިވާ ބީޗް ފުޓްބޯޅަ ދަނޑުތަކުގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293