twitterviber whatsapp telegramfacebookyoutube instagram
19th April 2024

ފަސޭހަކަމާއެކު ޒިގްޒެގުން މާއްޓޭ ސްޕޯޓްސްގެ މައްޗަށް ކުރިހޯދައިފި

މުޙައްމަދު އަހުމަދު
Jun 8, 2023

ކުޅުދުއްފުށި ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ކުޅުދުއްފުށި ޗެމްޕިއަންޝިޕް 2023 ގައި އިިއްޔެ ޒިގްޒެގް ފޯ ޔޫތް ލިންކޭޖުން ފަސޭހަކަމާއެކު މާއްޓޭ ސްޕޯޓްސްގެ މައްޗަށް ކުރިހޯދައިފި އެވެ.

އިއްޔެ ހަވީރު ކުޅެވުނު މެޗުގައި ޒިގްޒެގުން މާއްޓޭ ސްޕޯޓްސް ބަލިކުރީ 4 - 0 ންނެވެ. މެޗުގައި ޒިގްޒެގުގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެންގޮސްފަ އެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ޒިގްޒެގުގެ ފުރަތަމަ ލަނޑު އެޓީމަށް ޖަހައިދިނީ އެޓީމުގެ ބޭރު ކުޅުންތެރިޔާ ޕްރިންސް ލާބީ އެވެ.

30 ވަނަ މިނެޓުގައި ލާބީ ޒިގްޒެގަށް ލީޑު ނަގައިދިންއިރު އޭގެ އިރުކޮޅެއް ފަހުން އެޓީމުގެ އަބޫބަކުރު އާދަމް ވަނީ އެޓީމަށް ލީޑު ފުޅާކޮށްދީފަ އެވެ. ދެލަނޑުގެ ލީޑެއްގައި އޮވެ ޒިގްޒެގުން ފުރަތަމަ ހާފު ނިންމާލިއިރު ދެވަނަ ހާފުވެސް އެޓީމުން ފެށި ވަރުގަދަކޮށްނެވެ.

50 ވަނަ މިނެޓުގައި އިމްރާން މުހައްމަދު އެޓީމުގެ 3 ވަނަ ލަނޑު ޖަހައިދިންއިރު އޭގެ ދެމިނެޓުފަހުން ޕްރިންސް ލާބީ ވަނީ އެޓީމުގެ ހަތަރުވަނަ ލަނޑު ޖަހާ މެޗުގެ ކޮންޓްރޯލް އެއްކޮށް ނަގާފަ އެވެ. ޒިގްޒެގުން މިމެޗު އެއްކޮށް ޑޮމިނޭޓްކޮށްގެން ކުޅުނުއިރު ޕްރިންސް ލާބީގެ ފަރާތުން މިމެޗުގައި ވެސް ވަނީ މޮޅު ކުޅުމެއް ފެނިގެންގޮސްފަ އެވެ. އޭނާ ވަނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހާސިލްކޮށްފަ އެވެ.

މުބާރާތުގައި މިއަދު ކުޅެވޭ މެޗުގައި ނޮޅިވަރަންފަރު ސްޕޯޓްސް ކުލަބުން ނުކުންނާނީ ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއާ ދެކޮޅަށެވެ. މިމެޗު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި މިއަދު ހަވީރު 4 ޖަހާއިރު ފަށާއިރު މިމެޗު ކައުންސިލްގެ ފޭސްބުކް ޕޭޖުން ލައިވްކުރާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355