twitterviber whatsapp telegramfacebookyoutube instagram
27th April 2024

އެމްއޭސީއެލްއިން ރާއްޖޭގައި ފުރަތަމަ ފަހަރަށް އޭޓީސީ ރާޑަރު ކޮންޓްރޯލް ޓްރެއިނިން ފަށައިފި

ނަބީލާ އިސްމާޢީލް
Aug 22, 2023

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް(އެމްއޭސީއެލް) އިން އޭޓީސީ ރާޑާ ކޮންޓްރޯލް ޓްރެއިނިން (އޭރިއާ ކޮންޓްރޯލް ސަވައިލަންސް ކޯސް - އައިކާއޯ 054) ކޯހެއް ފަށައިފިއެވެ. މިއީ ރާއްޖޭގައި މިފަދަ ކޯހެއް ކުރިއަށްގެންދާ ފުރަތަމަ ފަހަރެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ކުރިއަށް ގެންދާ މިކޯސް، 6 ބައިވެރިންނާއެކު ޖުލައި 30 ން ސެޕްޓެމްބަރު 21 ގެ ނިޔަލަށް ކުރިއަށް ގެންދާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

މި ކޯހުގައި ކިޔަވައިދޭނީ ރާއްޖެއިން ބޭރުގެ މިކަމަށް ގާބިލް ފަރާތްތަކެވެ. އެމްއޭސީއެލްއަކީ ރާއްޖޭގެ ހުރިހާ އެއާޕޯޓަކަށް އެއަރ ނެވިގޭޝަންގެ ހިދުމަތް ފޯރުކޮށްދޭ ކުންފުންޏަށްވުމާއެކު، މި ކޯހަކީ ކުންފުނީގެ ހިދުމަތްތައް ހަރުދަނާކޮށް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މުހިންމު މަސައްކަތްތެއްކަމަށް އެމްއޭސީއެލްއިން ބުނެއެވެ.

އެކުންފުނިން ވަނީ 2023 ވަނަ އަހަރު އެއަރ ޓްރެފިކް ކޮންޓްރޯލް ސެންޓަރު ލައިސަންސްގެ 2 ކޯހެއްވެސް އިފްތިތާހުކޮށްފައެވެ. އެއީ އޭރިއާ ކޮންޓްރޯލް ޕްރޮސީޖަރަލް ކޯހާއި، އެޕްރޯޗް ކޮންޓްރޯލް ޕްރޮސީޖަރަލް ކޯހެވެ. މިއީ އެމްއޭސީއެލް އިން އެއްފަހަރާ ދެ އޭޓީސީ ރޭޓިން ޓްރެއިނިން ކުރިއަށް ގެންދިޔަ ފުރަތަމަ ފަހަރުކަމަށް އެކުންފުނިން ބުނެފައިވެއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ރާއްޖޭގެ ފުރަތަމަ އެއަރ ޓްރެފިކް ކޮންޓްރޯލް (އޭޓީސީ) ޓަވަރު ސިމިއުލޭޓަރު އެމްއޭސީއެލް އިން ހުޅުވީ 2021 ވަނަ އަހަރުއެވެ. މި ސިމިއުލޭޓަރަކީ އެއަރ ޓްރެފިކް ކޮންޓްރޯލް އޮފިސަރުން ތަމްރީނު ކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ސިމިއުލޭޓަރެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355