twitterviber whatsapp telegramfacebookyoutube instagram
23rd September 2026

ގިނަ މީހުން ރީ-ރަޖިސްޓަރުކުރަން އެދުމުން މުއިއްޒު ކަންބޮޑުވެއްޖެ

ނަބީލާ އިސްމާޢީލް
Sep 17, 2023

ސެޕްޓެމްބަރު މަހު 30 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓަށް ދެ ދުވަސްތެރޭ 25،000 އަށްވުރެ ގިނަ މީހުން ރީ ރަޖިސްޓަރުކުރަން ފޯމު ހުށަހެޅުމުން އެ ކަމުގައި ސުވާލު އުފެދޭ ކަންތައްތަކެއް ހުރިކަމަށް އިދިކޮޅު ޕީޕީއެމް/ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަޒު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި ކުރެއްވި ޓްވީޓެއްގައި މުއިއްޒު ވިދާޅުވީ އެހައި ގިނަ ބަޔަކު ރީރަޖިސްޓަރުކުރަން އެދުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށާއި އެ ކަން ރަނގަޅަށް ބަލައި ތަހުގީގުކުރަން ޖެހޭކަމަށެވެ.

މުއިއްޒުގެ ޓްވީޓްގައި އިތުރަށް ވިދާޅުވީ ސިޔާސީ ޕާޓީތަކާއި ބައިނަލްއަގްވާމީ އޮބްޒާވަރުންނާއި އެހެން އިދާރާތަކުން އެ ކަން ބެލުމަށް ގޮވައިލައްވާކަމަށެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓު ލުމުގެ ހައްގު ލިބުނީ 2،82395 މީހުންނަށެވެ. ނަމަވެސް މި މަހުގެ 30ވަނަ ދުވަހު ބާއްވާ ދެވަނަ ބުރުގައި 408 މީހަކަށް އަލަށް ވޯޓު ލެވޭނެއެވެ. އޭގެ ތެރޭގައި ހިމެނެނީ 196 އަންހެނުންނާއި 212 ފިރިހެނުންނެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމުކުރި މައުލޫމާތުގައިވާ ގޮތުން ދެ ދުވަސްތެރޭ 25،493 މީހަކުވަނީ ރީރަޖިސްޓަރުކުރަން އެދި ހުށަހަޅައިފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293