twitterviber whatsapp telegramfacebookyoutube instagram
17th March 2026

ގަވާއިދާ ހިލާފަށް މަސް ބާނަމުންދިޔަ ބޭރުގެ ހަތަރު ބޯޓެއް ހިފަހައްޓައިފި

ނަބީލާ އިސްމާޢީލް
Sep 18, 2023

ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގައި ގާނޫނާ ހިލާފަށް މަސްވެރިކަންކުރަމުންދިޔަ ބޭރުގެ 4 މަސްބޯޓު އެމްއެންޑީއެފް ކޯސްޓްގާޑްގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ. އެމްއެންޑީއެފުން ބުނީ އަތުލާގަތީ ސްރީ ލަންކާގެ ބޯޓުތަކެއްކަމަށެވެ.

އެމްއެންޑީއެފުން ބުނީ މިބޯޓުތައް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ، އދ މަހިބަދޫ "އަސުރުމާ" މަސްދޯނިން ފޯރުކޮށްދިން މައުލޫމާތަކާއި ގުޅިގެން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައިކަމަށެވެ. އެ މައުލޫމާތުގެ އަލީގައި ފެށި އޮޕަރޭޝަން ހުއްޓާނުލާ އަދިވެސް ކުރިއަށްދާކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރުމަށް ބޭރުގެ ބޯޓުތައް ވަންނަ ކަމުގެ ޝަކުވާ އާންމުކޮށް މަސްވެރިންކުރެއެވެ. އެގޮތުން ދިވެހި މަސްވެރިންގެ ސަމާލުކަމަށް އެފަދަ ބޯޓެއް އަތުވެއްޖެ ނަމަ އެމްއެންޑީއެފަށް ރިޕޯޓް ވެސް ކުރެއެވެ.

ރާއްޖޭގެ ހާއްސަ އިޤްތިސޯދީ ސަރަޙައްދުން މަސްވެރިކަންކުރާ ބޭރުގެ އުޅަނދުތައް ހިފަހައްޓައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކަމާއިބެހޭ އިދާރާތަކައި ގުޅިގެން ސަރުކާރުން އަންނަނީ ކުރައްވަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355