twitterviber whatsapp telegramfacebookyoutube instagram
6th May 2024

މިލައުތުރު ފުޓްސަލް ޖެލެނެޖްގެ ޗެމްޕިއަންކަން ކަނޑިތީމުން ހޯދައިފި

ނަބީލާ އިސްމާޢީލް
Dec 4, 2023

ށ އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ހުރިހާ ރަށަކަށް ހުޅުވައިލެވިގެން ކުރިއަށް ގެންދިޔަ މިލައުތުރު ފުޓްސަލް ޖެލެނެޖްގެ ޗެމްޕިއަންކަން ކަނޑިތީމު ޓީމުން ހޯދައިފި އެވެ.

އިއްޔެ ހަވީރު ގޮއިދޫ ފުޓްސަލް ދަނޑުގައި ކުޅުނު މި މުބާރާތުގެ ފައިނަލް މެޗުގައި ބައްދަލުކޮށްފައި ވަނީ ގޮއިދޫ އަދީ ކަނޑިތީމެވެ. ކުލަ ގަދަ ހަފްލާ އަކާއި އެކު ފެށުނު މި މެޗު 2-3 ގެ ނަތީޖާ އަކުން މެޗު ކާމިޔާބު ކޮށް މުބާރާތުގެ ފަހުރުވެރި ޗެމްޕިއަން ކަން ހޯދައިފައި ވަނީ ކަނޑިތީމު ޓީމެވެ.

ށ އަތޮޅުގެ ޕޮލިސް ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު އަބްދުﷲ ޝަރަފުވެރި ކޮށްދިން މި މެޗުގައި ދެ ޓީމުން ވެސް ވަނީ ވާދަވެރި މޮޅު ކުޅުމެއް ދައްކައިފަ އެވެ.

ދެ ޓީމުގެ ގިނަ އަދަދެއްގެ ސަޕޯޓަރުން މެޗް ބަލަން ހާޒިރުވެ ތިބި މި މެޗުގެ ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ކަނޑިތީމު ޓީމުންނެވެ.

މި 2 ޓީމުން ވަނީ މީގެ ކުރިން ވެސް މި މުބާރާތުގެ ގުރޫޕް ސްޓޭޖު ގައި ވާދަ ކޮށްފައެވެ. ގުރޫޕް ސްޓޭޖުގައި މި 2 ޓީމު ބައްދަލު ކުރި މެޗް 1-0 ގެ ނަތީޖާ އަކުން ކާމިޔާބު ކޮށްފައި ވަނީ ކަނޑިތީމުންނެވެ.

ކަނޑިތީމު ފައިނަލާ ހަމައަށް ދަތުރު ކޮށްފައި ވަނީ މުބާރާތުގެ ގުރޫޕް ސްޓޭޖް ގައި ޖުމްލަ 6 މެޗް ކުޅެ، 4 މެޗް ކާމިޔާބު ކޮށް، 1 މެޗުން ބަލިވެ އަދި 1 މެޗު ހަމަހަމަ ނަތީޖާ އަކުން ނިންމާލުމަށް ފަހު ގްރޫޕް ސްޓޭޖު ގެ ދެ ވަނައިގައި 13 ޕޮއިންޓާއި އެކު އޮވެ ކުއާޓާ ފައިނަލްގެ ޖާގައެއް ކަށަވަރު ކުރުމަށް ފަހުގައެވެ.

ކުއާޓާ ފައިނަލް ގައި ޅައިމަގު އާއި ބައްދަލު ކޮށް 3-2 ގެ ނަތީޖާ އަކުން މެޗު ކާމިޔާބު ކުރުމަށް ފަހު ސެމީ ފައިނަލް ގައި މިލަންދޫ ޓީމު 2-1 ގެ ނަތީޖާ އަކުން ބަލި ކުރުމަށް ފަހުގަ އެވެ. މި މެޗަށް ކަނޑިތީމު ނިކުމެފައިވަނީ އެ ޓީމަށް މުހިންމު ދެ ކުޅުންތެރިން ކަމުގައިވާ އެ ޓީމުގެ މުޙައްމަދު ނާފިއު އަދި ޖާޒީ ނަންބަރު 80، މުޙައްމަދު ޝާން ސަސްޕެންޝަނު ގައި ވަނިކޮށެވެ.

މިއީ އެ އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން މި މުބާރާތް ބޭއްވި ދެވަނަ ފަހަރެވެ. ފުރަތަމަ މުބާރާތް މިދިޔައ އަހަރު ބޭއްވިއިރު އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފުނަދޫއެވެ.

އެ އަތޮޅުގެ 14 ރަށަކުން ބައިވެރިވި މި މުބާރާތް ކުޅެފައި ވަނީ ފުރިހަމަ އިންތިޒާމް ތަކަކާއިއެކު ދެ ރަށެއްގައެވެ. އެއީ މާއުނގޫދޫގައާއި ގޮއިދޫގައެވެ. ފައިނަލް މެޗުން ގޮއިދޫ ބަލިވިނަމަވެސް މުބާރާތް އިންތިޒާމް ކުރުމުގައި އެ ރަށުން ވަނީ އާދަޔާ ހިލާފް މަސައްކަތްތަކެއް ކޮށްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355