twitterviber whatsapp telegramfacebookyoutube instagram
31st May 2026

ކުޅުދުއްފުށީގައި ބާއްވާ އެންމެ ބޮޑު ރޯދަ ބާޒާރުގައި ބައިވެރިވުމަށް ހުޅުވާލައިފި

ނަބީލާ އިސްމާޢީލް
Jan 29, 2024

ކުޅުދުއްފުށީގައި ބާއްވާ އެންމެ ބޮޑު ރޯދަ ބާޒާރު އަންނަ މަހު 29 ވަނަ ދުވަހު ބާއްވަން ނިންމާ ބައިވެރިވުމަށް ހުޅުވާލައިފި އެވެ. މި ރޯދަ ބާޒާރަކީ އަފީފުއްދީން ސްކޫލުގެ ޕީޓީއޭއިން އިންތިޒާމުކޮށްގެން ބާއްވާ ބާޒާރެކެވެ.

މި ބާޒާރުގައި ބައިވެރިވާން ބޭނުންވާ ވިޔަފާރިތަކުން އަފީފުއްދީން ސްކޫލުން ހިއްސާކޮށްފައިވާ ގޫގުލް ލިންކު މެދުވެރިކޮށް ނަން ނޯޓް ކުރުމަށް އެ ސްކޫލުން ވަނީ އެދެފަ އެވެ. އަދި މި ބާޒާރުގައި ބައިވެރިވުމުގެ ސުންގަޑިއަކީ ފެބްރުއަރީ މަހުގެ 15 ވާ ބުރާސްފަތި ދުވަހުގެ 14:00 އެވެ.

ރޯދަ މަހާއި ކައިރިކޮށް 3 ދުވަހުގެ މުއްދަތަށް ކުޅުދުއްފުށީގައި ބާއްވާ މި ފެއާއިން ވޭތުވެ ދިޔަ އަހަރުތަކުގައި ބަދިގެ ސާމާނާއި އަންނައުނުގެ އިތުރުން ގޭގައި ހިފާގެންގުޅޭ ގިނަ ސާމާނާއެކު މި ބާޒާރު ފެށިގެންގޮސްފައިވެ އެވެ.

މިއީ އެންމެ ގިނަ ވިޔަފާރިވެރިން ބައިވެރިވެގެން ކުޅުދުއްފުށީގައި ބާއްވާ އެންމެ ބޮޑު ރޯދަ ބާޒާރެވެ. މި ރޯދަ ބާޒާރު އޮންނާނީ ފެބްރުވަރީ 29 އިން މާރޗްމަހު 2 ވަނަ ދުވަހުގެ ނިޔަލަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355