ކުޅުދުއްފުށީގައި ބާއްވާ އެންމެ ބޮޑު ރޯދަ ބާޒާރު މާދަމާ ފަށަން ތައްޔާރުވެއްޖެ އެވެ. މި ރޯދަ ބާޒާރަކީ އަފީފުއްދީން ސްކޫލުގެ ޕީޓީއޭއިން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ބާޒާރެކެވެ.
މި ބާޒާރުގައި މިއަހަރު 11 ވިޔަފާރިއަކުން ބައިވެރިވެފައިވެ އެވެ. ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ބާޒާރު ފަށާނީ ބުރާސްފަތިދުވަހުގެ ހަވީރު 16:15 ގަ އެވެ.
ބާޒާރުގައި ބައިވެރިވި ވިޔަފާރިތައް:
1. ޕެންޓަގުރާމް
2. އޮރެންޖް ޑެކް
3. ރޫހު
4. އެޑްމޭން
5. މޮނޮގުރާމް
6. ހަޒޫ ކަލެކްޝަން
7. ލެ ވިންކް
8. ގޯލްޑްވޭ
9. ޒޫޕިއަރ
10. ޓައިނީ ހޭންށްސް
އަފީފުއްދީން ސްކޫލުން ބުނީ، މިއަހަރުވެސް މީގެ ކުރީ އަހަރުތަކެކޭ އެއްގޮތަށް އަގުހެޔޮކޮށް މުދާ ލިބެން ހުންނާނެ ކަމަށެވެ. އަދި ރޯދަމަހާ ގުޅޭ ތަފާތު ގިނަ މުދާ ލިބެން ހުންނާނެ ކަމަށެވެ.
މިއީ އެންމެ ގިނަ ވިޔަފާރިވެރިން ބައިވެރިވެގެން ކުޅުދުއްފުށީގައި ބާއްވާ އެންމެ ބޮޑު ރޯދަ ބާޒާރެވެ.