twitterviber whatsapp telegramfacebookyoutube instagram
15th May 2026

ބިރުވެރި ހޮހޮޅައާއެކު ކުޅުދުއްފުށީގައި ބާއްވާ ބޮޑު ބާޒާރު ފަށައިފި

Dec 29, 2025

ބިރުވެރި ހޮހޮޅައާއެކު ކުޅުދުއްފުށީގައި ބާއްވާ ބޮޑު ބާޒާރު ފަށައިފި އެވެ. މިއީ ރާއްޖޭގެ އުތުރުގައި ބާއްވާ އެންމެ ބޮޑު ބާޒާރެވެ.

ޖަލާލުއްދީން ސްކޫލްގެ ޕީޓީއޭ އިން އިންތިޒާމުކުރާ މި ބާޒާރުގައި މިއަހަރު 16 ވިޔަފާރިއަކުން ވަނީ ބައިވެރިވެފަ އެވެ. މިއަދުން ފެށިގެން މިމަހުގެ 31 ގެ ނިޔަލަށް ކުރިއަށްދާ މި ބާޒާރު ހުޅުވިފައިހުންނާނީ ކޮންމެ ދުވަހަކު ހެނދުނު 9:00-12:00 | 13:00-15:30 | 16:00-18:00 | 20:00-23:00 އަށެވެ.

މިއަހަރު 16 ވިޔަފާރިއަކުން ބައިވެރިވިއިރު ވިޔަފާރިތަކުގެ ތެރޭގައި ޕެންޓަގްރާމް، ބައުންޓީ، ރިއަލް އޭޖް، ހަޒޫ ކަލެކްޝަން، ހަތްތަރި، މޮނޮގްރާމް، ޓޫ ޒީރޯ، ވާއުފާ، ބީ އެންޑް އޭ ހޯމްސް، ޒޫފިއާ، ސިލްކް އެމްވީ، ކުލެސީ ވޯލްޑް، ފެޝަން ލޭންޑް، ނިއޯމާ، ސިންޒިއާ އަދި އޮރެންޖް ޑެކް ރެސްޓޯރެންޓް ހިމެނެ އެވެ.

މިއަހަރުގެ ބާޒާރުގައިވެސް ބަދިގެ ސާމާނާއި އަންނައުނާއި ގޭތެރޭ ބޭނުންކުރާ ގިނަ އަދަދެއްގެ ސާމާނު އަގުހެޔޮކޮށް ލިބެން އެބަހުއްޓެވެ. ބައެއް ވިޔަފާރިވެރިން ބުނީ، ބާޒާރަށް ހާއްސަކޮށްވެސް ބައެއް ސާމާނު ބޭރުން ގެނެސްފައިވާ ކަމަށާއި ޖުމްލަކޮށް ބާޒާރުން ލިބެން ހުރި ހުރިހާ ތަކެއްޗެއްވެސް އަގުހެޔޮވާނެ ކަމަށެވެ.

މިއަހަރުގެ ބާޒާރުގައިވެސް ބިރުވެރި ހޮހޮޅަ ތަޖުރިބާކޮށް ލުމުގެ ފުރުސަތު ލިބިގެންދާނެކަމަށް ސްކޫލުން މައުލޫމާތުދެ އެވެ. ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މި ބާޒާރަށް ތަކެތި ގަތުމަށް ގިނަ ބަޔަކު ޒިޔާރާތްކުރެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355