twitterviber whatsapp telegramfacebookyoutube instagram
11th June 2026

ހަނި ތަފާތަކުން ކޮއްކޮ ބަލިކޮށް ދެކުނު ދާއިރާގެ ޓިކެޓް ފަރޭއަށް

އަބްދުލް ވާހިދު ޙަސަން
Jan 27, 2024
4

ކުޅުދުއްފުށީ ދެކުނު ދާއިރާގެ ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ޓިކެޓް ހަނި ތަފާތަކުން ފަރުހަތު މުހައްމަދު (ފަރޭ) ކާމިޔާބުކުރައްވައިފި އެވެ.

އަންނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް މިއަދު ބޭއްވި ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި ކުޅުދުއްފުށީ ދެކުނު ދާއިރާގެ ޓިކެޓް ފަރޭ ކާމިޔާބުކުރެއްވީ ޖުމްލަ 214 ވޯޓުންނެވެ.

ފަރޭއާ އެންމެ ގާތުން ވާދަކުރެއްވި އޭނާގެ އެއްބަފާ ކޮއްކޮ، އައިމަނު މުހައްމަދަށް ލިބިލެއްވީ ޖުމްލަ 207 ވޯޓެވެ.

މި ދެ ބޭފުޅުންގެ އިތުރުން ދެކުނު ދާއިރާއަށް ވާދަކުރެއްވި ކެންޑިޑޭޓުންގެ ކުޅުދުއްފުށީގައި ބެހެއްޓި ވޯޓްފޮށީގެ ނަތީޖާއަށް ބަލާއިރު ޑރ އިބުރާހިމް ހަސަނަށް ލިބިލެއްވީ 145 ވޯޓެވެ. ނާޒިމާ އަލީއަށް 56 ވޯޓް ލިބިލެއްވިއިރު އާތިފާ އަލީއަށް ލިބިލެއްވީ 19 ވޯޓެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355