twitterviber whatsapp telegramfacebookyoutube instagram
9th August 2026

ރިސްވާންގެ ހެޓްރިކާއެކު ފަހަތުން އަރާ ސެނޮންއިން މަންޓާ އަތުން މޮޅުވެއްޖެ

މުޙައްމަދު އަހުމަދު
Aug 15, 2024

ކުޅުދުއްފުށި ޗެމްޕިއަންޝިޕުގައި މިއަދު ނޭކުރެންދޫ ކުލަބް ސެނޮން އާއި މަންޓާ ސްޕޯޓްސް އެކަޑަމީ ބައްދަލުކުރި މެޗު ސެނޮންއިން ކާމިޔާބުކޮށްފި އެވެ.

މިއަދުގެ މެޗު ސެނޮންއިން ކާމިޔާބުކުރީ މުހައްމަދު ރިސްވާންގެ ހެޓްރިކާއެކު ފަހަތުން އަރާ 3 - 2 ންނެވެ. ފޯރިގަދަ ހަމަހަމަ ކުޅުމެއް ދެޓީމުގެ ފަރާތުން ވެސް ވަނީ ފެނިގެން ގޮސްފަ އެވެ.

މެޗުގައި ފުރަތަަމަ ލަނޑު ޖަހާ ލީޑް ނެގީ މަންޓާއިންނެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ 31 ވަނަ މިނެޓުގައި އެޓީމުގެ އަހްމަދު ޒައުޖް ހަސަން އެވެ. ފުރަތަަމަ ހާފު ނިމުނީ މަންޓާ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފު ވެސް ވަރުގަދަކޮށް ފެށީ މަންޓާއިންނެވެ. މިލަނޑަކީ އެޓީމުގެ ސައްމޫން ދާއޫދު 66 ވަނަ މިނެޓުގައި ޖަހައިދިން ލަނޑެކެވެ. މިލަނޑާއެކު މަންޓާއިން ވަނީ ދެލަނޑުގެ ލީޑެއް ނަގައިފަ އެވެ. ނަމަވެސް އެޓީމަށް ލީޑު ހިފަހައްޓާލެވުނީ ހިނދުކޮޅަކަށެވެ.

ކުލަބް ސެނޮންގެ މުހައްމަދު ރިސްވާން ވަނީ ހެޓްރިކެއް ހަދާ މެޗުގެ ނަތީޖާ އަނބުރާލާ އެޓީމަށް ލީޑު ނަގައިދީފަ އެވެ. މިމެޗުން މޮޅުވި ނަމަވެސް ކުލަބް ސެނޮން އާއި މަންޓާ ސްޕޯޓްސް އެކަޑަމީ ވަނީ މުބާރާތުން ކަޓާފަ އެވެ. މިގްރޫޕުން ސެމީފައިނަލަށް ދަތުރުކޮށްފައިވަނީ ކުލަބް ޑޮމިނޭޓާސްއާއި ކުލަބް ކޮރަލްސް އެވެ.

މިމުބާރާތުގައި މާދަމާ ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި ބައްދަލުކުރާނީ މާއްޓޭ ސްޕޯޓްސްއާއި ކުލަބް ތިލަދުންމައްޗެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355