twitterviber whatsapp telegramfacebookyoutube instagram
25th October 2026

މާއްޓޭއާ އެއްވަރުވެ ކުލަބް ތިލަދުންމަތި ކަޓައިފި

މުޙައްމަދު އަހުމަދު
Aug 16, 2024

ކުޅުދުއްފުށި ޗެމްޕިއަންޝިޕުގައި މިއަދު ނޮޅިވަރަމް ކުލަބް ތިލަދުންމައްޗާއި މާއްޓޭ ސްޕޯޓްސް ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެ އެވެ.

މިމެޗު ނިމިގެންދިޔައީ 1 - 1 ން ދެޓީމު އެއްވަރުވެގެންނެވެ. މިމެޗަށް ނުކުތްއިރު ވެސް މާއްޓޭ ސްޕޯޓްސް މުބާރާތުން ކަޓައިފައި އޮތް ނަމަވެސް މިއަދުގެ މެޗުން މޮޅުވެގެން ކުލަބް ތިލަދުންމައްޗަށް ސެމީއަށް ދިއުމުގެ ހަނި ފުރުސަތެއް އޮތެވެ.

ނަމަވެސް މޮޅުވުން މަޖުބޫރު މެޗަކަށް މޮޅުވުމުގެ އަޒުމުގައި ނުކުތް ނަމަވެސް އެޓީމަށް މިވަނީ މުބާރާތުން ވަކިވާން ޖެހިފަ އެވެ. މިއަދުގެ މެޗުގައި ފުރަތަަމަ ލަނޑު ޖަހާ ލީޑް ނެގީ ކުލަބް ތިލަދުންމަތިންނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދީފައިވަނީ މެޗުގެ ފުރަތަަމަ ހާފުގެ އިތުރު ވަގުތުގައި އެޓީމުގެ ޖޯޒީ ނަންބަރު 21 އިބްރާހީމް ވަހީދު ހަސަން (އިއްބެ) އެވެ.

އެއް ލަނޑުގެ ލީޑެއްގައި އޮވެ ތިލަދުންމަތިން ފުރަތަަމަ ހާފު ނިންމާލި ނަމަވެސް ދެވަނަ ހާފުގައި މޮޅުވުމުގެ އަޒުމުގައި ނުކުމެ މާއްޓޭ ސްޕޯޓްސްއިން ވަނީ ނަތީޖާ އެއްވަރުކޮށްފަ އެވެ. މިލަނޑު ދެވަނަ ހާފު ފެށިގެން 5 ވަނަ މިނެޓުގައި އެޓީމަށް ޖަހައިދިނީ އެޓީމުގެ ފޯވާޑް ހުސެއިން އަބްދުއްރަޝީދު (ބިގޭ) އެވެ.

މާދަމާ ވެސް މިމުބާރާތުގެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި މާދަމާ ހަވީރު ބައްދަލުކުރާނީ ޒިގްޒެގް ފޯރ ޔޫތް ލިންކޭޖާ ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293