twitterviber whatsapp telegramfacebookyoutube instagram
7th September 2026

ސިހުރު ހަދާ ކަމަށް ތުހުމަތުކޮށް ކަނޑިތީމުގެ ގެތަކެއް ބަލާ ފާސްކޮށްފި

ނަބީލާ އިސްމާޢީލް
Aug 22, 2024

ށ. ކަނޑިތީމުގައި ސިހުރު ހަދާކަމަށް ތުހުމަތުކޮށް ރޭ އެ ރަށު ގެތަކެއް ބަލައި ފާސްކޮށްފިއެވެ.

ފުލުހުން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ ކަނޑިތީމުގައި ސިހުރު ހަދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އަދި އެ މައްސަލަތަކާއި ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަންގައި ކޯޓުއަމުރުގެ ދަށުން އެރަށުގެ ބައެއް ގޭގެ އިއްޔެ ބަލާފާސްކޮށްފައިވާކަމަށެވެ. ނަމަވެސް މި މައްސަލަތަކާއި ގުޅިގެން މީހަކު ހައްޔަރުކޮށްފަ ނުވާކަމަށެވެ.

"ސިހުރު ހަދާތީ އުނދަގޫ ބޮޑުވެގެން ކަނޑިތީމުގައި ފުލުހުން އެބައުޅޭ. ސިހުރު ހަދާކަމަށް އަޑުފެތުރޭ ބައެއް ގެތައް ޗެކުކުރޭ އެބަ. އިއްޔެ ހަވީރު އެއް ގެއިން ބޭގުތަކެއްގައި އެއްޗެހިތަކެއް ނެރުން" އެ ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ސިހުރު ހެދުމުގެ މައްސަލަތަކުގައި މީގެ ކުރިން ވެސް މީހުން ހައްޔަރުކޮށްފައިވެއެވެ. އަދި މިއީ މި ފަހަކަށް އައިސް ގިނަ ރަށްރަށުން ވަރަށް ބޮޑަށް ރައްޔިތުން ކުރަމުން އަންނަ ޝަކުވާތަކެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355