twitterviber whatsapp telegramfacebookyoutube instagram
31st May 2026

8 ގެޔަކުން ސިހުރު ހަދާ ސާމާނު ފުލުހުން ހޯދައިފި

އަބްދުލް ވާހިދު ޙަސަން
Feb 20, 2025
3

ކުޅުދުއްފުށީގައި ސިހުރުގެ މައްސަލަ ބޮޑުވެ ފުލުހުން މިއަދު ހިންގި އޮޕަރޭޝަނުގައި 10 ގެއެއް ބަލައި ފާސްކޮށް 8 ގެއަކުން ސިހުރުހާހޫރަ ހަދާ ސާމާނު ހޯދައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މިމައްސަލާގައި 8 ގެޔެއަކުން ސިހުރުހާހޫރަ ހަދަން ބޭނުންކުރާ ޒާތުގެ ލިޔެކިޔުމާއި ފޮތް ފެނިފައިވާ ކަމަށެވެ. އަދި މީގެ އިތުރުން ސިހުރު ހެދުމަށް ބޭނުންކުރާ އެކި ކަހަލަ އާލަތްތައް ފެނުނު ކަމަށެވެ.

ފުލުހުން ވިދާޅުވީ، އެ ހުރިހާ ސާމާނެއް މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ. މިމައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

ކުޅުދުއްފުށީގައި މިފަހުން ސިހުރުގެ މައްސަލަ ވަނީ ވަރަށް ބޮޑުވެފަ އެވެ. އެކަމާ ހެދި ބައެއް އާއިލާތައް ދިރިއުޅެމުންދިޔަ ގޯތިތައް ދޫކޮށް އެހެން ތަންތަނުގައި ކުއްޔަށްވެސް އުޅެ އެވެ.

ސިހުރު މައްސަލަ ބޮޑުވެފައިވާތީ ގިނަ ގެތަކުގައި ހުންނަނީ ކެމެރާވެސް ހަރުކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355