twitterviber whatsapp telegramfacebookyoutube instagram
23rd August 2025

ސިހުރުގެ މައްސަލަ ބޮޑުވެ ކުޅުދުއްފުށީގައި ފުލުހުންގެ ބޮޑު އޮޕަރޭޝަނެއް

އަބްދުލް ވާހިދު ޙަސަން
Feb 20, 2025
9

ސިހުރުގެ މައްސަލަ ބޮޑުވެ ކުޅުދުއްފުށީގައި ފުލުހުންގެ ބޮޑު އޮޕަރޭޝަނެއް ފަށައިފި އެވެ.

ކޭއޯއަށް މައުލޫމާތު ދެމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ސިހުރު ހަދާކަމުގެ ތުހުމަތުގައި ކުޅުދުއްފުށީގައި އޮޕަރޭޝަނެއް ފަށާފައިވާ ކަމަށާއި އެކަމުގެ ތުހުމަތުވާ ތަންތަން ބަލާ ފާސްކުރަމުންދާ ކަމަށެވެ.

އޮޕަރޭޝަންތައް ނިމުމުން އިތުރު ތަފުސީލް ދެއްވާނެކަމަށް އޭނާ ވިދާޅުވި އެވެ. މައުލޫމާތު ލިބިފައިވާގޮތުގައި މި މައްސަލާގައި ފުލުހުން ވަނީ 10 ގެޔެއް ބަލައި ފާސްކޮށްފަ އެވެ.

ފަހަކަށް އައިސް ކުޅުދުއްފުށީގައި ސިހުރު ހަދާ މައްސަލަ ބޮޑުވެ އާންމުގެ ޝަކުވާ ވަނީ އިތުރުވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355