twitterviber whatsapp telegramfacebookyoutube instagram
23rd October 2026

ސިހުރާއި ޝަރުއީ ރުޤްޔާއާ ބެހޭ ދަރުހެއް ކުޅުދުއްފުށީގައި ދެނީ

އަބްދުލް ވާހިދު ޙަސަން
Mar 20, 2025

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ޖަމިއްޔަތު ސަލަފް ގުޅިގެން ކުޅުދުއްފުށީގައި ބާއްވާ 'ސަލަފް ފޯރަމް' މާދަމާ ރޭ އޮންނާނެކަމަށް ސިޓީ ކައުންސިލުން އާންމުކޮށްފި އެވެ.

ރަމަޟާންމަހުގެ ރޭތައް އިހްޔާކުރުމުގެ ގޮތުން ކުރިއަށްގެންދާ މި ފޯރަމުގައި ދަރުސް ދެއްވާ މައުޞޫއުއަކީ 'ސިހުރާއި ޝަރުއީ ރުޤްޔާ' އެވެ. މި ފޯރަމުގައި ދަރުސް ދެއްވާނީ ޝެއިހް އަހުމަދު ސަމީރު އާއި ޝެއިހް މުޖުތަބާ ހަމީދެވެ.

މި ފޯރަމް އޮންނާނީ މާދަމާ ރޭ 21:30 ގައި ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލުގަ އެވެ.

ސިހުރުގެ މައްސަލަ ބޮޑުވެ ކުޅުދުއްފުށީގައި ދާދިފަހުން ފުލުހުން ވަނީ ބޮޑު އޮޕަރޭޝަނެއްވެސް ހިންގާފަ އެވެ. އެ އޮޕަރޭޝަނުގައި ފުލުހުން 10 ގެޔެއް ބަލައި ފާސްކޮށް 8 ގެޔަކު ސިހުރުހާހޫރަ ހަދާ ސާމާނު ހޯދި އެވެ.

އެ އޮޕަރޭޝަނުގައި އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާއިރު އެއްވެސް މީހެއް ނުވަތަ ގޭބީސީއެއް މައުލޫމާތުވެސް ފުލުހުން މިހާތަނަށް އާންމުކޮށްފައެއްނުވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293