twitterviber whatsapp telegramfacebookyoutube instagram
17th September 2024

ކޮރަލްސް އާއި ނޮޅިވަރަންފަރު ސްޕޯޓްސް ކުލަބުގެ ކުރިމަތިލުމަކުން ތިލަދެކުނު ފުޓްބޯޅަ މުބާރާތް ފަށަނީ

އަބްދުލް ވާހިދު ޙަސަން
Sep 5, 2024

ކުލަބް ކޮރަލްސް އާއި ނޮޅިވަރަންފަރު ސްޕޯޓްސް ކުލަބްގެ ކުރިމަތިލުމަކުން ތިލަދެކުނު ފުޓްބޯޅަ މުބާރާތް މާދަމާ ފަށަން ތައްޔާރުވެއްޖެ އެވެ.

ހދ އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ މި މުބާރާތުގެ މެޗްތައް ކުޅޭނީ ކުޅުދުއްފުށީ ސްޓޭޑިއަމްގެ ފުޓްބޯޅަ ދަނޑުފަ އެވެ. މާދަމާގެ މެޗް ފަށަން ހަމަޖެހިފައިވަނީ 16:00 ގަ އެވެ.

އަތޮޅުގެ ކުލަބް ޖަމިއްޔާތަކަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގައި އަތޮޅުގެ ފަސް ރަށެއްގެ 8 ކުލަބަކުން ވާދަކުރާނެ އެވެ.

ގްރޫޕް - އޭ

  • ކުލަބް ކޮރަލްސް - ކުޅުދުއްފުށި
  • ނޮޅިވަރަންފަރު ސްޕޯޓްސް ކުލަބް
  • ކުމުންދޫ ސްޕޯޓްސް ކުލަބް
  • މަގުލަސް ކުލަބް - ކުޅުދުއްފުށި

ގްރޫޕް - ބީ

  • ޓީމް ނެއްލައިދޫ
  • ސާއްބަ އެކުވެރި ކުލަބް - ހަނިމާދޫ
  • އިންފިނިޓީ - ކުޅުދުއްފުށި
  • ހިރަފުސް ސްޕޯޓްސް ކުލަބް - ކުޅުދުއްފުށި

މި މުބާރާތުގެ ސެމީ ފައިނަލްގެ މެޗުތައް އޮންނާނީ ސެޕްޓެމްބަރުމަހުގެ 16 އަދި 17 ވަނަ ދުވަހު އެވެ. ފައިނަލް މެޗު ކުޅެން ތާވަލްކޮށްފައިވަނީ 22 ވަނަ ދުވަހު އެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 50000 ރުފިޔާ ކަނޑައަޅާފައިވާއިރު، ރަނަރަޕް ޓީމަށް ދިނުމަށް ނިންމާފައި ވަނީ 30000 ރުފިޔާގެ ފައިސާގެ އިނާމެކެވެ. މީގެ އިތުރުން މުބާރާތުގައި ގިނަ ވަނަތަކެއް ހޮވުމަށް ވަނީ ހަމަޖެހިފައެވެ.

ވަނަތަކުގެ ތެރޭގައި ފެއާޕްލޭ ޓީމް، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ، މުބާރާތުގައި އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާ، މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރު، މުބާރާތުގެ އެންމެ މޮޅު ޑިފެންޑަ، މުބާރާތުގެ އެންމެ މޮޅު މިޑްފީލްޑަރ، މުބާރާތުގެ އެންމެ މޮޅު ސްޓްރައިކަރ، މުބާރާތުގެ އެންމެ މޮޅު ކޯޗްގެ އިތުރުން މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިޔާ ހިމެނެއެވެ.

މި މުބާރާތްތަކީ އަތޮޅުގައި ފުޓުބޯޅައިގެ ރޫހު އާލާކޮށް ދިރުވުމަށާއި ފުޓުބޯޅައަށް ޝައުގުވެރިކަން ހުންނަ ކުޅުންތެރިންނަށާއި ޓީމުތަކަށް އެ ފުރުސަތު ހޯދައިދީ، އަތޮޅުގެ ރައްޔިތުންގެ މެދުގައި އޮތް އެކުވެރިކަމާއި އެއްބައިވަންތަކަން ދެމެހެއްޓުމުގެ މަގުސަދުގައި ބާއްވާ މުބާރާތެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355