twitterviber whatsapp telegramfacebookyoutube instagram
19th September 2024

ޖެރީގެ ލަނޑާއެކު ހިރަފުސް ސެމީއަށް، ސާއްބައަށް އަމިއްލަ ބާރު ގެއްލިއްޖެ

މުޙައްމަދު އަހުމަދު
Sep 16, 2024

ތިލަދެކުނު ފުޓްބޯޅަ މުބާރާތުގެ ގްރޫޕު ބީގައި މިއަދު ސާއްބަ އެކުވެރި ކްލަބާއި ހިރަފުސް ސްޕޯޓްސް ކްލަބު ބައްދަލުކުރި މެޗު 1 - 0 ން ކާމިޔާބު ކޮށްފައިވަނީ ހިރަފުސް ސްޕޯޓްސް ކްލަބުންނެވެ.

ޓީމުގެ ބިދޭސީ ކުޅުންތެރިޔާ އަރެޕޭޑް ޖެރީ އޮމްބެބޭ ޖަހައިދިން ހަމައެކަނި ލަނޑާއެކު ހިރަފުހުން މިވަނީ ސެމީގެ ޖާގައެއް ޔަގީންކޮށްފަ އެެވެ.

މެޗުގެ 58 ވަނަ މިނެޓުގައި އެޓީމުގެ ހުސެއިން ނިހާން (ނިހާޓް) ނަގައިދިން ކޯނަރު ހިރަފުހުގެ ކެޕްޓަން އޭންޓޭ ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ވަގުތު ޖެރީ ވަނީ ބާރު ހަމަލާ އަކުން ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލާފަ އެވެ.

މިމެޗުގައި ދެޓީމުގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު ސާއްބައަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ލިބުނު ނަމަވެސް ލަނޑެއް ކާމިޔާބުކުރެވޭ ގޮތެއްނުވި އެވެ.

މިމޮޅާއެކު ހިރަފުސް މިވަނީ ކުޅުނު 3 މެޗުން 6 ޕޮއިންޓް ހޯދާ ގްރޫޕްގެ އެއްވަނައަށް ޖެހިލާފަ އެވެ. ގްރޫޕުގެ ދެވަނައިގައި އޮތީ ސާއްބަ އެކުވެރި ކްލަބެވެ. ތިންވަނައިގައި އޮތީ އިންފިނިޓީ އެކަޑަމީ އެވެ. މިދެޓީމު ވެސް ވަނީ ޕޮއިންޓްގެ ގޮތުން އެއްވަރުވެފަ އެވެ. ދެޓީމަށްވެސް ލިބިފައިވަނީ 4 ޕޮއިންޓެވެ. އަދި ފުލުގައި އޮތް ނެއްލައިދޫއަށް ޕޮއިންޓެއް ނުލިބެ އެވެ.

ސާއްބައަށް މިމެޗުން ބަލިވުމާއެކު މުބާރާތުގައި ކުރިއަށް ދިއުމުގެ އަމިއްލަ ބާރު މިވަނީ ގެއްލިފަ އެވެ. އެޓީމަށް ސެމީގެ ޖާގައެއް ލިބޭނީ މާދަމާގެ މެޗުން ނެއްލައިދޫ އަތުން އިންފިނިޓީ އެކަޑަމީ ބަލިވެ ފައިދާ ގޯލަށް ބަލާ އެމެޗުގެ ސްކޯއިންނެވެ. އެއީ އިންފިނިޓީ މިވަގުތު އޮތީ އެއް މެޗު މަދުން ކުޅެ ސާއްބައާ ޕޮއިންޓްގެ ގޮތުން އެއްވަރުވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355