twitterviber whatsapp telegramfacebookyoutube instagram
15th May 2026

ރަށު ފަތުރުވެރިކަން އިސްތިހާރުކުރާ 'ރަށު އެކްސްޕޯ' އަންނަ މަހު ބާއްވަނީ

Jan 17, 2025

ރަށު ފަތުރުވެރިކަން އިސްތިހާރުކުރުމަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ 'ރަށު އެކްސްޕޯ' އަންނަ މަހު ބާއްވަން ނިންމައިފި އެވެ.

މިކަން އިންތިޒާމުކުރާ 'ދަ ޓްރެވަލް ގައިޒް' އިން ބުނީ، ރަށު އެކްސްޕޯއަކީ ރާއްޖޭގެ ރަށްތަކުގެ ރީތިކަމާއި ސަގާފަތާއި އެކިއެކި ހަރަކާތްތައް ދައްކުވައިދޭގޮތަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް އިންތިޒާމުކުރާ މިބާވަތުގެ ފުރަތަމަ އެކްސްޕޯ ކަމަށެވެ.

"ރަށު އެކްސްޕޯ 2025" ބޭއްވުމަށް ހަމަޖެހިފައިވަނީ، އަންނަ ފެބުރުއަރީމަހުގެ 13 އިން 15 އަށް ހުޅުމާލޭ ސެންޓްރަލް ޕާކްގައެވެ.

ރަށު އެކްސްޕޯއަކީ ލޯކަލް ޓޫރިޒަމަށް ހާއްސަ އެކްސްޕޯއެއްކަމުން މި އެކްސްޕޯގައި ރާއްޖޭގައި ހިންގާ ގިނަ އަދަދެއްގެ ގެސްޓްހައުސްތަކުން ބައިވެރިވާނެކަމަށް މިކަން އިންތިޒާމުކުރާ ފަރާތުން ލަފާކުރެ އެވެ.

އެހެންކަމުން މިފަދަ އެކްސްޕޯއެއްގައި ބައިވެރިވުމުން ރަށް އިޝްތިހާރުވެ، އެރަށެއް ގިނަ ބަޔަކަށް އެންގި ރަށަށް ޝައުގުވެރިކަން އުފެދިގެން ދިއުމުގެ ފުރުސަތު ފަހިވެގެން ދެއެވެ. އަދު މި އެކްސްޕޯ ތެރޭގައި ގެސްޓް ހައުސް އަދި އެހެނިހެން ލޯކަލް ޕެކޭޖްތައް ވިއްކާލުމުގެ ފުރުސަތު ލިބިގެންދާއިރު ރަށްތަކުގެ މީރު އެކި އެކި ކެއުންތައް ދައްކާލާ، އިޝްތިހާރުކުރެވި ވިއްކާލުމުގެ ފުރުސަތުވެސް ލިބިގެންދާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355