twitterviber whatsapp telegramfacebookyoutube instagram
13th August 2025

ކުޅުދުއްފުށީ ޗެމްޕިއަންޝިޕް: ކޮރަލްސް އާއި ނޮޅިވަރަންފަރު ސްޕޯޓްސްގެ ކުރިމަތިލުން އެއްވަރު

މުޙައްމަދު އަހުމަދު
Aug 9, 2025

ފޯރިގަދަ ކުޅުމަކާއެކު މިއަހަރުގެ ކުޅުދުއްފުށި ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ފަށައިފި އެވެ.

ކުޅުދުއްފުށީގައި ކުރިއަށްދާ މިމުބާރާތުގައި މިއަދު ހަވީރު ބައްދަލުކުރީ ކުޅުދުއްފުށީ ކުލަބް ކޮރަލްސްއާ ނޮޅިވަރަންފަރު ސްޕޯޓްސް ކްލަބެވެ. މެޗު 2 - 2 ން އެއްވަރުވެގެން ނިމުނުއިރު މިމެޗު ފާހަގަވެގެން ދިޔައީ ވާދަވެރި އަދި އެހާމެ ފިޒިކަލް ގޭމެއް ދެޓީމުގެ ފަރާތުން ވެސް ފެނިގެން ދިޔަ މެޗެއްގެ ގޮތުގަ އެވެ.

މެޗުގައި ޖުމްލަކޮށް ކޮރަލްސްގެ ކުޅުނު ފާހަގަ ކޮށްލެވުނުއިރު މެޗުގައި ފުރަތަމަ ގޯލް ޖަހާފައިވަނީ ވެސް އެޓީމުންނެވެ. މެޗުގެ ފުރަަތަމަ ހާފު ނިމެން އުޅެނިކޮށް އެޓީމުގެ ފުރަތަަމަ ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ ނަގައިދިން ހުރަސް ގޯލުގެ ކަނާތު ފަޅިން މަތީ ކަނަށް ވައްދާލައިގެން ޒުވާން ކުޅުންތެރިޔާ މަތީން ބަޝީރު އެވެ

ފުރަތަމަ ހާފު ނިމުނީ 1 ގޯލުން ކޮރަލްސް ކުރީގައި އޮވެގެންނެވެ. ނަމަވެސް ދެވަނަ ހާފަށް ނޮޅިވަރަންފަރުން ނުކުތީ ކުޅުން ވަރުގަދަކޮށްގެންނެވެ. ފިޒިކަލް ގޭމެއް ދެޓީމުގެ ފަރާތުން ވެސް ފެނިގެން ދިޔަ މިހާފުގައި ނޮޅިވަރަންފަރުން ވަނީ 62 ވަނަ މިނެޓުގައި ގޯލެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ

މިލަނޑަކީ ކޮރަލްސްގެ ބޭރު ކުޅުންތެރިޔާ އަހްމަދު މަހްމޫދު ޕެނަލްޓީ އޭރިއާ ތެެރެއިން ނޮޅިވަރަންފަރުގެ ކުޅުންތެރިއަކަށް ކުރި ފައުލަކާ ގުޅިގެން އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރި ގޯލެކެވެ. މި ޕެނަލްޓީ އެޓީމަށް ޖަހައިދިނީ އެޓީމުގެ ޖާޒީ ނަންބަރު 7 އުސައިދު އަލީ އެވެ

ދެވަނަ ހާފަށް ވަރުގަދަކޮށް ނުކުތް ނޮޅިވަރަންފަރުން ވަނީ އަނެއްކާވެސް މާގިނައިރުތަކެއް ނުވެ ގޯލެއް ކާމިޔާބުކޮށް ކޮރަލްސް ސިއްސުވާލާ އެޓީމު ޕްރެޝަރަށް ވައްޓާލާފަ އެވެ. 71 ވަނަ މިނެޓުގައި ނޮޅިވަރަންފަރުގެ ޖާޒީ ނަންބަރު 6 މުހައްމަދު އަޝްރަފް ވަނީ އެޓީމަށް މެޗުގެ ފުރަަތަމަ ފަހަރަށް ލީޑު ހޯދާދީފަ އެވެ

މިމެޗު ފަހުކޮޅު ވަރުގަދަ ކުޅުމެއް ހަމަހަމަކޮށް ދެޓީމުގެ ފަރާތުން ވެސް ފެނިގެން ދިޔައިރު މެޗު ނިމެން 5 މިނެޓަށް ވެފައިވަނިކޮށް ކޮރަލްސްއިން ވަނީ މެޗުގެ ނަތީޖާ އެއްވަރުކޮށް ޕޮއިންޓެއް ހޯދާފަ އެވެ. މިމެޗުގައި އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ ނޮޅިވަރަންފަރުގެ ޖާޒީ ނަންބަރު 94 އާދަމް ސަލީމްގެ ކުޅުމެވެ

އާދަމް ސަލީމްގެ ފަރާތުން މޮޅުކުޅުމެއް ފެނިގެން ދިޔައިރު އޭނާ ވަނީ މެޗުގެ މޮޅުކުޅުންތެރިޔާގެ މަޤާމް ވެސް ހޯދާފަ އެވެ.

މާދަމާ ވެސް މިމުބާރާތުގެ މެޗު އޮންނާނެ އެވެ. މާދަމާ އޮންނަ މުބާރާތުގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ޒިގްޒެގް ފޯރ ޔޫތް ލިންކޭޖައި ހީވެސް ނުވޭ އެވެ. ހީވެސް ނުވޭ އަކީ ދިއްދޫއަށް ނިސްބަތްވާ ޓީމެކެވެ. އަދި ޒިގްޒެގަކީ މިމުބާރާތް އެއްފަހަރު ކާމިޔާބުކޮށްފައިވާ ޓީމެއްކަން ފާހަގަކޮށްލެވެ އެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355