ކުޅުދުއްފުށި ޗެމްޕިއަންޝިޕްގައި ކުލަބް ކޮރަލްސްއާ ޒިގްޒެގް ފޯރ ޔޫތް ލިންކޭޖް ބައްދަލުކުރި މެޗު ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެއްޖެ އެވެ
މިއަދު ހަވީރު ކުޅުދުއްފުށި ޒޯން ސްޓޭޑިއަމްގައި ކުޅެވުނު ފޯރިގަދަ މެޗު ނިމިގެންދިޔައީ 0 - 0 ން ދެޓީމު އެއްވަރުވެގެންނެވެ
މެޗުގައި ޖުމްލަކޮށް ބަލާއިރު ދެޓީމުގެ ފަރާތުން ވެސް ފެނިގެން ދިޔައީ ވާދަވެރި އަދި ހަމަހަމަ ކުޅުމެކެވެ. ރަނގަޅު ހަމަލާތަކެއް ދެޓީމުން ވެސް މެޗުގައި އުފެއްދި ނަމަވެސް އެއްވެސް ޓީމަކަށް އިދިކޮޅު ގޯލު ފޫއަޅުވާލެވޭ ގޮތެއް ނުވި އެވެ
އެވްރެޖްގޮތެއްގައި މެޗުގައި ހަމަހަމަ ކުޅުމެއް ފެނުނު ނަމަވެސް ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވަނީ ކުލަބް ކޮރަލްސްއިން ކަން ފާހަގަކޮށްލެވެ އެވެ
މެޗުގެ ދެވަނަ ހާފު ހާއްސަކޮށް ކޮރަލްސްއިން ކުޅުން ރަނގަޅުކުރި ނަމަވެސް ލަނޑެއް ކާމިޔާބުކުރެވޭ ގޮތެއްނުވި އެވެ. ނަމަވެސް މެޗު ނިމެން ކުޑަވަގުތުކޮޅަކަށް ވެފައިވަނިކޮށް ކޮރަލްސްއަށް ވަނީ ލަނޑުޖަހާނެ ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފަ އެވެ
މެޗުގެ ފަހުކޮޅު ކޮރަލްސްގެ ކުޅުންތެރިޔަކު ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅަ ޒިގްޒެގްގެ ކީޕަރުގެ އަތުގައި ޖެހިފައި ގޯލް ކުރިމައްޗަށް ވެއްޓުނު ވަގުތު ކޮރަލްސް ފޯވާޑް ޒައިދު މުހައްމަދު ފޮނުވާލި ބޯޅަ ދިޔައީ ބޭރަށެވެ. ހުސްކޮށް އޮވެ ކޮރަލްސްއަށް މެޗު ޔަގީންކޮށްދޭން ލިބުނު ފުރުސަތުގައި ޒައިދު ފޮނުވާލި ބޯޅަ ގޯލާ އަމާޒުވާ ގޮތެއްނުވި އެވެ
މިމެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ ޒިގްޒެގްގެ ޖާޒީ ނަންބަރު 8 އަމަން ފައިޒާ އެވެ. މިއީ އެޓީމަށް ކުޅެމުންއަންނަ ބިދޭސީ ކުޅުންތެރިޔެކެވެ
މާދަމާ ވެސް މިމުބާރާތުގެ މެޗެއް ކުޅުމަށް ހަމަޖެހިފައިވާއިރު މާދަމާ އޮންނަ މެޗުގައި ބައްދަލުކުރާނީ ނޮޅިވަރަންފަރު ސްޕޯޓްސް ކްލަބާއި ދިއްދޫގެ ހީވެސް ނުވޭ އެވެ. މިމެޗަޖީ ފޯރިގަދަވާނެ މެޗެއް ކަމަށް ބެލެވެ އެވެ.