twitterviber whatsapp telegramfacebookyoutube instagram
23rd February 2026

ކާށިދޫ ބަލިކޮށް ގޯލްޑަން ޗެރިޓީ ޝީލްޑް އޭދަފުށިން ހިއްލާލައިފި

މުޙައްމަދު އަހުމަދު
Jan 4, 2026

ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ގޯލްޑަން ފުޓްސަލް ޗެލެންޖް ފެށުމުގެ ގޮތުން އެންމެ ފަހުގެ ޗެމްޕިއަން ކ. ކާށިދޫ އާއި ބ. އޭދަފުއްޓާއި ދެމެދު ކުޅެވުނު ޗެރިޓީ ޝީލްޑް މެޗު ޕެނަލްޓީގައި ކާށިދޫ ބަލިކޮށް އޭދަފުށިން ހިއްލާލައިފި އެވެ.

މިރޭ ކުޅެވުނު ފޯރިގަދަ ޗެރިޓީ ޝީލްޑް މެޗުގައި ވަރުގަދަ ކުޅުމެއް ފެނިގެންދިޔަ އެވެ. ޖުމްލަކޮށް ބަލާއިރު ދެޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ފުރުސަތުތައް ލިބުނެވެ.

އެހެންނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވޭ ގޮތެއްނުވި އެވެ. 0 - 0 މެޗު އެއްވަރުވުމުން ނަތީޖާ ނެރުމަށް ޕެނަލްޓީ ޖެހިއިރު ޕެނަލްޓީ ޝޫޓްއައުޓްގައި އޭދަފުށިން ވަނީ 3 - 1 ގެ ނަތީޖާއަކުން ފަސޭހަކަމާ އެކު ކާށިދޫގެ މައްޗަށް ކުރިހޯދާފަ އެވެ.

ބެންޗުން އަރާ މިމެޗުގައި އޭދަފުށީގެ ކީޕަރު ވަނީ ކާށިދޫގެ 3 ޕެނަލްޓީ ދިފާއު ކޮށްފަ އެވެ. މިމެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވުނީ ބ. އޭދަފުށީގެ ޖާޒީ ނަންބަރު 10 ހުސެއިން ޝަރީފް އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355